ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ކަރަންޓު ކެނޑުނުނަމަވެސް ސަރުކާރުގެ އެއްވެސް ހިދުމަތެއް މެދުކެނޑިފައެއް ނުވޭ!

އެންސީއައިޓީގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހެނދުނު 8:00 އިން ފެށިގެން ފަސް ގަޑިއިރަށް ވެރިރަށް މާލެއިން ކަރަންޓު ކެނޑުނުނަމަވެސް ސަރުކާރުގެ އެއްވެސް ހިދުމަތެއް މެދުނުކެނޑި ދެވުނީ ކޮމިއުނިކޭޝަން މިނިސްޓްރީއާއި ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުބިޓެއްގައި ބުނެފައި ވަނީ މާލެ ސިޓީއަށް ދިމާވި ކަރަންޓު ކެނޑުމުގެ ވަގުތުގައި ސަރުކާރުގެ އީގޮވް ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވުނު ކަމަށެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މާލެއަށް ދިމާވި ކަރަންޓު ކެނޑުމުގެ ވަގުތުގައި ސަރުކާރުގެ ހިދުމަތްތައް މެދުނެކެނޑި ދެވުނީ މި ސަރުކާރުގެ ކުރީކޮޅު އެންސީއައިޓީގެ ޑާޓާ ސެންޓަރގެ ޔޫޕީއެސް ޕަވަރ ސިސްޓަމް ވަރުގަދަ ކުރެވި ޖަނަރޭޓަރ ސާވިސް ކުރެވިފައިވާތީއެވެ. އެހެން ކަމުން އެންސީއައިޓީގެ މަދު މުވައްޒަފުން ކުރި މި ބުރަ މަސައްކަތަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށް ހިތްވަރު ދީފައެވެ.

މާލެއިން ކަރަންޓު ކެނޑުނުވަގުތު މެދުނުކެނޑި ދެވުނު ސަރުކާރުގެ ހިދުމަތްތަކުގެ ތެރޭގައި ބޯޑަރކޮންޓްރޯލްގެ ނިޒާމުގެ ހިދުމަތާއި، އެކްސްޕެޓް އަދި ޖެމްސްގެ ހިދުމަތް ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިފަދަ މުހިންމު ހިދުމަތްތަކެއް މެދުނުކެނޑި ދެވުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެޖެންޑަރ ތަންފީޒް ކުރުމަށް މިނިސްޓްރީއާއި އެންސީއައިޓީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެން ކަމުން ބައެއް ސިޔާސީ ބޭފުޅުން މިނިސްޓްރީގެ މުވައްޒަފުން ކުރާ މި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި މުވައްޒަފުން މާޔޫސްވާ ގޮތަށް ވާހަކަތައް ދައްކާކަމީ މިނިސްޓްރީން ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ މާލެއިން ކަރަންޓު ކެނުމާއިއެކު އެންސީއައިޓީގެ މުވައްޒަފުން މަސައްކަތަށް ނިކުމެ ސިސްޓަމްތައް ރައްކާތެރި ކުރެވޭނެ ނިޒާމެއްގެ ދަށުން ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމް ގާއިމް ކުރިކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: