ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ކޮމިޝަންއެއްގެ ތަހުގީގަށް އަދުރޭ ހާޒިރެއް ނުކުރޭ: ޕީއެންސީ

ފޮޓޯ: ވަން އޮންލައިން- -ރައީސް ޔާމީން ދެރައެއްވެސް ނުވޭ، ހުރީ ހަމަ ސާބިތުކަން މަތީ: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްވެސް ތަހުގީގަކަށް އެއްވެސް ކޮމިޝަނަކަށް ހާޒިރުކޮށްފައިނުވާކަމަށް ޕީޕއެމްއިން ބުނެފިއެވެ.

ފްލެޓްތަކުގެ މައްސަލައާއި އެމްއެމްޕީއާރުސީގެ މައްސަލާގައި އަބްދުއްރަހީމް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކުރުޟާއި ގުޅިގެން ޕީޕީއެމްގެ މީޑީޔާ އޮފިޝަލް ވިދާޅުވީ، އެއްވެސް ތަހުގީގަކަށް އެއްވެސް ކޮމިޝަނަކަށް އަބްދުއްރަހީމް ހާޒިރުކޮށްފައިނުވާކަމަށެވެ.

އަބްދުއްރަހީމް އިރުތަށް ކުރީގެ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކުވެސް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކުރިކަމަށް ވަނި ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް، މިޙާރު ނިހާން ހުންނެވި ޖުމްހޫރީ ޕަޓީއިން އެކަމާއި ބެހޭގޮތުން އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ޚިޔާނާތުގެ ފައިސާ ނިމިދިޔަ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާކަމަށް ތުހުމަތުކުރެވޭއިރު، ނިހާނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެވެ. އަދި އޭރު ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ބޭފުޅެކެވެ. އެހެންނަމަވެސް، ހުސްވި އަހަރުގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވުމަށްފަހު، މިހާރު ސިޔާސީ މައިދާންތަކުންނާއި ސިޔާސީ ވާހަކަތައް މާގިނައިން ދައްކަވާތަން ނުފެނެއެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި އެންމެ އިސްކޮށް ހުންނެވި ނުވަތަ މިހާތަނަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާ ބޭފުޅުންގެ ތެރެއިން ކުރީގެ ޓުއަރިޒްމް މިނިސްޓަރ އަދި ކުރީގެ ނާއިބްރާއިސް އަހުމަދު އަދީބު އަބްދުއްޣަފޫރު ވަނީ ދައުލަތަށް އެއްބާރުލުން ދެއްވުމަށް އެއްބަސްވުމަކަށް އައިސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދީބު ވިދާޅުވި ގޮތުގައި، ޚިޔާނާތުގެ ފައިސާ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ވަނީ ލިބިފައެވެ. އަދި ޖުޑިޝަރީ ދާއިރާއަށާއި ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށްވެސް އެފައިސާ ވަނީ ލިބިފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މީޑިޔާތަކަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާލިބުނުކަމަށް ބަލެވޭ 300 މީހުންގެ ލިސްޓެއް ވަނީ އެކުލަވާލާފައެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގުގެ ކުރިތައް ފަޅައި އިތުރު މީހުންގެ ނަންތައް މިލިސްޓަަށް އިތުރުވަމުންދާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގުގެ ރިޕޯޓެއް މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ ފޮނުވާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ލަސްކަމަށް ބުނެ އޭސިސީ އާއި ޕީޖީއާއެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ. މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެދުވަހު ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ، ކޮމިޝަންގެ ތަހުގީގެ މަސައްކަތްތައް ލަސްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ އެއް ދުވަހުން ނިންމާލެވޭނެ މަސައްކަތްތައް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: