ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ މަގު ހެދުމުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކތް ކުރާ އެމްޓީސީސީ އިން ބުނީ މި ޕްރޮޖެކްޓް ތެރެއިން އުޅަނދު ދުއްވުމަށް މަގުގެ 38،916 އަކަ މީޓަރ ސަރަހައްދެއް ގައި ތާރުއަޅާ އަދި 16،518 އަކަ މީޓަރ ޕޭވްމަންޓް ނިންމުމަށް ހަމަޖެހިފައިވާއިރު، ފެންހިންދުމުގެ ނިޒާމުގެ މަސައްކަތާއި މަގު ބައްތި ދިއްލުމަށް ބޭނުންވާ ނަރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއިން ބުނީ 46.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓް 240 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: