ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވަން ގާނޫނަށް ބަދަލު ގެންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ގާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް  އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭގޮތުން، ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ބޮޑު އަގުގައި ޑޮލަރު ވިއްކަމުން ގެންދާ މައްސަލަ ގާތުން އެމްއެމްއޭ އިން ބަލަމުން ގެންދާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މަނީ އެކްސްޗޭންޖު ކުރާ ތަންތަން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.

ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލާގައި ފިޔަވަޅު އެޅުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ފުލުހުންވެސް ހާމަކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ފުލުހުންނާއި ގުޅިގެން އެކަން ކަން ހައްލު ކުރުމަށް މަސައްކަތްވެސް ކުރަމުންދާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ތީޖޯކެއް. މާލޭގެ ހުރިހާ ޑޮލަރު އެކްސްޗޭންޖު ކުރާ ތަންތަނުގައި ޑޮލަރު ގަނެވިއްކަނީ އަގުބޮޑުކޮށްކަން އެންމެންނަށްވެސް އެނގޭނެ. އޭން ތަނަކަށް ގޮއްސަ އަހާލިޔަސް ގުޅާލިޔަސް ވަރައްސާފުކޮށް ބުނާނެ އެމީހުން ޑޮލަރު ގަންނަ އަގު. އެއީ އެއްގޮތަކަށްވެސް ފޮރުވައިގެން ކުރާ ކަމެއްނޫން.

  2. “ވަގުންގެ ފޮށި ބާރަށް ބަންނާނެ” އޭ ބުނެއުޅޭ. އެމްޑީޕީ އަކީ އެއްވެސް ކަމެއްގެ ޙައްލެއް ނުދަންނަ އަދި އެއްވެސް ހަމައެއް ލަމައެއް ނެތް ކްރިމިނަލް ކަލްޓެއް. ވީމާ އެމްޑީޕީ އަކަށް ތިޔަޚަމެއް ނުވާނެ. ދެން ތިޔަހެން ތަޅުވަ ތަޅުވާފަ ކުރާނެ ކަމަކީ ޑޮލަރގެ އެކްސްޗޭންޖް ރޭޓް ބޮޑުކުރުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: