ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކޮމްއިން ނިންމީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭ ކަމަށް!

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޭސްވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އަދި އެ ސިފައިނަށް ދިވެހި ދައުލަތުން ކުރާ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް ހުށަހެޅުމުން އެ މައުލޫމާތު ހިއްސާކޮށްފައި ނުވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތުމުން ކަމަށް ޑިފެންސް މިނިސްޓްރީއިން ނިންމުމާ ގާނޫނީ ފުށު އެރުމެއް ނެތް ކަމަށް އިންފޮމޭޝަންސް ކޮމިޝަނާސް އޮފީސް (އައިކޮމް) އިން ނިންމައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުތައް ހާމަކޮށްފައި ނުވާތީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅާފައިވަނީ “ދިޔަރެސް” ގެ ނޫސްވެރިޔާ އަހުމަދު އަޒާންއެވެ. މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދުތައް ހާމަކޮށްދިނުމަށް އެދި ރަސްމީކޮށް ހުށަހެޅުމުން ވެސް އެ މައުލޫމާތުތައް ހާމަކޮށްފައި ނުވާތީއެވެ. އަދި އެމްއެންޑީއެފްއިން އެ މައުލޫމާތުތައް ހާމަ ނުކުރުމުގެ ސަބަބުން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނާއި އެ ހައްގުގެ ދަށުން މައްސަލަ އައިކޮމްގައި އިސްތިއުނާފު ކުރީއެވެ.

މި މައްސަލަ އައިކޮމްއަށް ހުށަހެޅުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އަޑުއެހުމެއްގައި ޑިފެންސް މިނިސްޓްރީއިން ބުނެފައި ވަނީ ރާއްޖޭއާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އައިކޮމްއިން ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ. ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގައި ހުންނަ މައުލޫމާތެއް ލިބިގަތުމަކީ އާންމުގޮތެއްގައި ހުޅުވާލާފައިވާ ކަމެއް ކަމަށް ފިޔާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް މައްސަލައާއި ގުޅިގެން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ގާނޫނީ ހުއްޖަތައް މިނިސްޓްރީއިން ފާހަގަ ކުރާކަމަށް ފިޔާޒް ވިދާޅުވިއެވެ. އަދި އެ ގާނޫނުގައި ބަޔާން ކުރާ ސަބަބުތަކަށް ބިނާކޮށް އެފަދަ މައުލޫމާތެއް ނުދީ ހިފެހެއްޓުމުގެ ބާރު ދައުލަތުގެ އިދާރާއަށް ލިބިގެންވާކަމަށް ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެ ގައުމާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއީ ދިވެހި ދައުލަތުން ދީފައިވާ ހުއްދައިގެ ދަށުން ތިބި ސިފައިން ކަމަށް އެމްއެންޑީއެފްއިން ބުނާ ކަމަށެވެ. އަދި ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ގާނޫނާ އެއްގޮތުގެ މަތީން ކަމަށެވެ. އެހެން ކަމުން އެކަމަށް އިއުތިރާޒުވާނަމަ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައްގު މައްސަލަ ހުށަހެޅި ނޫސްވެރިޔާ އަޒާންއަށް ލިބިގެންވާކަމަށް ފިޔާޒް ވިދާޅުވިއެވެ.

ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ޑިފެންސްއިން ބުނެފައެވެ. އަދި އާންމުންނާއި ސިފައިންގެ މީހުންނާ ބޮޑު ތަފާތެއް އޮންނާނެ ކަމަށެވެ. އަދި ސިފައިންގެ މައުލޫމާތު ހާމަކުރުމުގައި އެތައް މަގަކުން ވިސްނަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިންނާއި ގުޅޭ މައުލޫމާތު ހާމަކޮށްފައި ނުވަނީ ސިފައިންގެ ތެރޭގައި ހެދިފައި ހުރި އިންޓާނަލް ގަވައިދުތަކަށް ބިނާކޮށް ކަމަށްވާއިރު އެ ގަވައިދަކީ އާންމު ކުރެވޭނެ ގަވައިދެއް ނޫން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އައިކޮމްގެ ނިންމުމާއި ގުޅިގެން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: