ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ހަނިމާދޫ އާއި ބ.ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު ނިމޭއިރު ހަނިމާދޫ ބަނދަރުގައި 355 މީޓަރުގެ ބޭރުތޮއްޓަކާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސިން ބުނެއެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް 1015 މީޓަރުގެ ސަރަހައްދެއްގައި މޭވްމެންޓު ގާއިމް ކުރާނެ އެވެ.

މި މަޝްރޫއުއަކީ 57.1 މިލިއަން ރުފިޔާ ގެ މަސްރޫއު އެކެވެ.

ފުޅަދޫ ބަދަރުގެ މަޝްރޫއުގެ ދަށުން 54،861 ކިއުބިކް މީޓަރަށް ހިއްކާނެ އެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްްދެއްގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: