ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒީނާ ބްރޯޑްކޮމްއިން އިސްތިއުފާދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ވަކިކުރުމުގެ މައްސަލަ އިއުލާންކޮށް، މައްސަލަ ކޮމިޓީއަށް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި އެވެ.

ޒީނާ ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ ބަލާފަ އެވެ. މި މަހުގެ 12 ވަނަ ދުވަހު ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވީ އޭނާ މަގާމުން ވަކި ކުރުމަށެވެ.

ޒީނާ އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ.

ޒީނާގެ ސިޓީގައި ބުނެފައި ވަނީ ކޮމިޓީއިން ނިންމި ނިންމުމަކީ އިންސާފުވެރި ނިންނުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވާއިރު، ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެމްބަރު އިސްމާޢީލް ޞަފްވާނާއި ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: