ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮމްޕޭއޯ ރާއްޖެ އިން ފުރާވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ރާއްޖެ އިން މިރޭ ފުރާވަޑައިގެންފިއެވެ.

ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައެވެ. އެ

މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ސޯލިހަށްފަހު ޕޮމްޕޭއޯ ދެން ބައްދަލުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެވެ. އެގޮތުން އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޮމްޕޭއޯ ވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީ އެއް ގާއިމުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

ރާއްޖެ އަށް ފަހު ޕޮމްޕޭއޯ ދެން ވަޑައިގަންނަވާނީ އިންޑޮނީޝިޔާ އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: