ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިންތީގެ ހަމަހަމަކަމުން ކުރިއެރުންތަކެއް ހޯދައި އަންހެނުންނަށް ފަހި ފުރުސަތު އަންނަނީ ހޯދައިދެމުން: ޖެންޑަރ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "ވިމެން އެންޑް ފެމެލީ ލޯ ސެޝަން"ގައި ބައިވެރވެވަޑައިގަންނަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތަކުންނާއި މަސައްކަތްތަކުން މިންތީގެ ހަމަހަމަކަމުން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަކްރަމް ހުސެއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ އިން ގެނެސްދޭ ސަރުކާރު ޕްރޮގްރާމްގައި ވާހަކދައްކަވަމުން އަކްރަމް ވިދާޅުވީ ދެޖިންސުގެ މެދުގައި ވަރަށް ކުރީއްސުރެ ދައުރު ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ފިރިހެނުންނަކީ އާމްދަނީ ހޯދުމަށް ޚާއްސަ އަދި އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ޝަމިލުވާ ބައެއްގެގޮތުގައި ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ.

މިގޮތަށްް ދައުރުތައް ބެހިފައި އޮތުމުން އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ފިރިހެނުންނަށް ގިނަ ފުރުސަތު ފަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި  އަންހެނުނަށް ފުރުސަތުތައް ފަހިވެފައިވަނީ ވަރަށް ހަނި މިންވަރަކަށްކަމަށް ވިދާޅުވިއެވެ. އެގޮތުން މަސައްކަތްތައް ތަރުތީބުވެފައި ހުންނަ ގޮތުން އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމަށް ބަލައި. އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭކަންވެސް ފާހަގަކުރެވިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި އަކްރަމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ނިސްބަތުން ވަރަށް މަދުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަނީ ނިސްބަތުން 10 އިންސައްތަ އަންހެނުންކަމަށް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ  ސަބަބަކަށް ބެލެވެނީީ އެކަމާއި ގުޅޭ ގޮތުން އާންމުން ދެކޭ ދެކުން ކަމަށާއި އަންހެނަކަށްވީތީ ވަކި ކަމެއް ނުކުރެވޭނެކަމަށް ދެކޭ ދެކުން ކަމަށެވެ.

ރައްކާތެރި މާހައުލެއް ނެތީއެކޭ ނުބުނެވޭނެ. ރާއްޖެގެ ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކަށް ބަލާއިރު، މުވައްޒަފުންގެ ހައްގުތަކަށް މަސައްކަތްކުރާ ދާއިރާއެއް ފަތުރުވެރިކަމުގެ ދާއިރާއަކީ. އެއީ ހަމަ ދެެކެ ދެކުން. މިކަމަށް ބަދަލެއް ގެނެވޭނީ ހޭލުންތެރިކަން އިތުރުކޮށް މިދެކޭ ދެކުމަށް ބަދަލުތަކެއް ގެނެސްގެން.

އަކްރާމް ވިދާޅުވީ ޖިންސީ ހުރަސްތައް ނައްތާލުމަށް ގާނޫނުތައް އެބަހުރި ކަމަށެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ހައްގުތަށް ކަށަވަރުކޮށްދޭ މިންގަނޑެއް ނުވަތަ ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ ސީޑޯގައި ރާއްޖެއިން 1993 ވަނަ އަހަރު ބައިވެރިވެފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުންވެސް އެކި މުއާހަދާތަކުގައި ސޮއިކުރެވުނުކަމަށާއި މިކަންކަން ތަންފީޒުކުރެވި ހެޔޮ ބަދަލުތަކެއް ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

ގާނޫނު ނަމްބަރު 18/2016 ޖެންޑަރ އިކުއަލިޓީ ގާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން އެކުލަވާލައި އިންސާފް ގާއިމްކުރުމަށް ބާރު އަޅައި ޖެންޑަރ އީކުއަލިޓީ ޕޮލިސީއެއް އެކުލަވާލާފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި މިންތީގެ ހަމަހަމަކަމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ކަންކަން ރާވައި ހިންގުމުގައި އަންހުނަނާއި އަންހެން ކުދިންގެ ބައިވެރިވުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ނިންމި ނިންމުމަކީ މުހިންމު ނިންމުމެއްކަމަށެވެ. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން މަދު ކަމަށާއި މިއިސްލާހުގެ ސަބަބުން ރަށު އަދި ގައުމީ ފެންވަރުގައި ކަންކަން ނިންމާއިރު އަންހެނުންގެ ބައިވެރިވުން ހިމެނި، އަންހެނުންނަށްވެސް ބަސް ބުނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: