ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވް ގޭސްއިން “ލުއި ހިލޭ ޕްރޮމޯ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް!

މޯލްޑިވް ގޭސްގެ ހާއްސަ ޕްރޮމޯޝަންއެއް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭސްއިން “ލުއި ހިލޭ ޕްރޮމޯ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ނޮވެމްބަރު މަހުން ފެށިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ އެ ޕްރޮމޯޝަނާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް މޯލްޑިވް ގޭސްއިން ބުނެފައިވަނީ، މި ޕްރޮމޯޝަން ސްޓޮކް ހުސްވަންދެން ކުރިޔަށް ގެންދާނެ ކަމަށެވެ. ހަމައެކަނި ގްރޭޓާ މާލެ ސަރަހައްދަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮމޯޝަންގެ ޓާގެޓު އޯޑިއަންސްއެއްގެ ގޮތުގައި ކުންފުނިން ފާހަގަކޮށްފައިވަނީ ގޭބިސީތަކުގެ ތެރެއިން މޯލްޑިވް ގޭސްއަށް އަލަށް ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މިވަގުތު ގޭސް ދަގަނޑު ފުޅި ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަން ވަނީ ހާއްސަކޮށްފައެވެ.

މޯލްޑިވް ގޭސްއިން ބުނެފައިވަނީ އަލަށް ރެޖިސްޓްރީ ވާ ފަރާތްތަކަށް ވެސް ލުއި ސްޓެންޑާޑް ފުޅިއަކާއި އެކު އިތުރު ހަދިޔާތައް ލިބިގެންދާނެ ކަމަށެވެ. ރެޖިސްޓްރޭޝަންގެ ހިދުމަތް ހިލޭ ލިބޭއިރު، ފީއެއްގެ ގޮތުގައި ދައްކަންޖެހޭނީ ރީ-ފިލިންއަށް ދައްކާ 200 ރުފިޔާ އެކަންޏެވެ.

މީގެ އިތުރުން މޯލްޑިވް ގޭސްގެ ލުއި ފުޅިއަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ޓެސްޓެޑް ޕްރޮޑަކްޓެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މޯލްޑިވް ގޭސްއިން ބޭނުން ކުރަނީ މި ސަރަހައްދުގައިވާ އެންމެ ކޮލިޓީ ގޭސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: