ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޝަހިންދާ ބައިވެރި ކޮށްފައިވަނީ ސީދާ މަޖިލިސް ރައީސްގެ ނުފޫޒުން, އެއީ ލާދީނީ ޢައުޥާނުން ކޮޅެއް ބޭއްވި ފޯރަމްއެއް “

އަޅުގަނޑު ކުށެއް ކުރިނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރަން: ޝަހިންދާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ އަސްލުތަކަށް އިންކާރުކޮށް، ލޮބުވެތި ރަސޫލާ އަށް ފުރައްސާރަކުރި ރިޕޯޓު ލިޔުނު އެމް.ޑީ.އެންގެ ޝަހިންދާ އިސްމާޢީލް ރައްޔިތުންނަށް ފިލައިގެން އުޅެނިކޮށް ރައްޔިތުންގެ މަޖިލީހުގެ ފޯރަމްގައި ބައިވެރިކުރުން ކުށްވެރިކޮށް ރައްޔިތުންގެ އިއްތިހާދުން އިންކާރީ ނޫސް ބަޔާންނެއް ނެރެފިއެވެ.

މި ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ‌‏ފައްޅި އެޅުމަށާއި މާތް ﷲ އަށް ކާފިރުވެ އެހެން ދީންތަކަށް އުޅުމުގެ ފުރުޞަތު ދިނުމަށް ގޮވާލައި ކުފުރުގެ ރިޕޯޓު ނެރުނު ލާދީނީ އެމް.ޑީ.އެންގެ ޖަރީމާއަށް ހިންގި މީހުންނަށް ޤާނޫނި ފިޔަވަޅު އެޅުމަށްޓަކައި ރައްޔިތުން ތެދުވެ އެމަސައްކަތުގައި އުޅޭތާ އަހަރު ފުރިގެން ދަނިކޮށް، 27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އިންތިޤާލީ އިންސާފުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދާ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މަޤާމުގެ ބާރާއި ނުފޫޒު ނަހަމަގޮތުގައި ހިއްޕަވައިގެން މުޅި މަޖިލީސް ތަމްސީލުވާނޭހެން ލާދީނީ ރިޕޯޓު ލިޔުނު އެމް.ޑީ.އެންގެ ޝަހިންދާ އިސްމާޢިލް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ބައިވެރިކުރި ކުރުމަކީ، އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމުގައި ރައްޔިތުންގެ އިއްތިޙާދުން ދެކޭކަމަށެވެ.

އަދި އެކަމަށް އިންތިހާއަށް އިންކާރުކޮށް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކުރާކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

މި ޢަމަލަކީ، ފުލުހުން ހޯދަމުންދާކަމަށް ބުނެ އިއުލާނު ކޮށްފައިވާ އެމް.ޑީ.އެންގެ ބޮޑުންގެ ތެރެއިން ޝަހިންދާ އިސްމާޢިލް އަށް ފުރުސަތު ދޭންވެގެން ގަސްތުގައި ކުރިއާލާ ރާވައިގެން ފޯރަމެއްގެ ނަމުގައި ލާދީނީ ވިސްނުމުގެ ގާތް އަޢުޥާނުންކޮޅެއް ހިމަނައިގެން ރައްޔިތުން ރުޅިއަރުވައި ޖެއްސުންކޮށް ޤައުމު ހަލަބޮލި ކުރުމަށް މިދަނޑިވަޅުގައި ހިންގި ހުތުރު ޢުދުވާނެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި އެބަޔާނުގައި ބުނެފައިވަނީ މިގޮތަށްށ ދަންނަވަނީ ޝަހިންދާ އިސްމާޢީލަކީ، މާތް ﷲ 7 އުޑުމަތިން ބާވައިލައްވާފައިވާ ޒިނޭކުރުމުގެ ޙައްދު ރާއްޖޭގެ ޤާނޫނު ޢުޤޫބާތުން ފޮހެލުމަށާއި، ކީރިތި ޤުރްއާނުގައި ޝަރީޙަކޮށް ބަޔާންކުރައްވާފައިވާ މަރުގެ އަދަބު ވެސް އުވާލުމަށާއި، މާތް ﷲ ގެ އެނޫން ޙުކުމްފުޅުތަކާއި އިސްލާމްދީނުގެ އެހެނިހެން ޙައްދުތަކަށް ފާޅުގައި އިންކާރުކޮށް “އިންސާނީ ޙައްޤުތަކުގެ” ނަންބޯޑު ހިފައިގެން ހުރެ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނާއި ޤަވާޢިދަށް ތަކުރާރުކޮށް ގޮންޖަހައި މުސްލިމު މުޖުތަމަޢު ފަސާދަކުރަން މަސައްކަތް ކުރާ މީހެއްކަން ހާމަކަން ބޮޑުކޮށް އެނގި ފައުޅުވާން ހުރިއިރު، އެމް.ޑީ.އެންގެ ރިޕޯޓާ ގުޅިގެން ދިވެހިރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިންނާއި ރައީސުލްޖުމްހޫރިއްޔާއާއި 140 ކައުންސިލާއި މަދަނީ ޖަމިއްޔާތަކުން ނިކުމެ އެޖަމާޢަތް އުވާލައި، އޭގެ މުއައްސިސުންނަށް ފިޔަވަޅު އަޅަން އަޑު އުފުލަމުން ދިޔައިރު މަޖިލީހުގެ ރައީސް މަޤާމުގައި ހުންނަވައިގެން މީގެ 10 މަސްކުރިން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ، “އާސްކް ސްޕީކަރ”ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެމް.ޑީ.އެން އުވާލައިގެން ނުވާނެ ކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް ޙިމާޔަތް ދިނުމަށް ފާޅުގައި ގޮވާލި ގޮވާލުން ދިވެހިން އަދިވެސް ހަދާން ހުރީތީ އެފަދަ ބުނުންތަކަށް ރިޢާޔަތް ކުރާ ޙާލުގައިކަމަށެވެ.

އަދި އެހެންކަމުން އޭރުގެ އެގޮވާލުމާއި މަޖިލިސް ފޯރަމްގައި ޝަހިންދާ ބައިވެރިކުރި ކުރުމަކީ އޭނާގެ ޖަމާޢަތުން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓަސް އެއީކީ މައްސަލައެއް ނޫންކަމަށް މަޖިލީހުން ދެކޭކަން ބޭރުގެ ދުނިޔެއަށް ދައްކައި، މި އިސްލާމީ ދަޥްލަތުގެ ނަމާއި ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ކިނލަބު ކުރުމަށް ހިންގި ޤާނޫނާއި ޚިލާފު ނޭއްގާނީ ޢަމަލެއް ކަމުގައި ސިފަ ކުރާކަމަށް އެބަޔާނުގައި ވެއެވެ.

ވީމާ، ރައްޔިތުންގެ މަޖްލީހުގައި މިހިންގި ލާދީނީ ޖަރީމާ ހިންގި ފަރާތްކާ މެދު ތަޙުޤީޤް ހިންގައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ރައްޔިތުންގެ އިއްތިހާދުން ގޮވާލާކަމަށްވެސްސ އެއބަޔާނުގައިވެއެވެ

އަދި އެބަޔާނުގައި އެފަދަ ފަސާދަ ކުރަނިވި ފިތުނަތައް ދެން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި، މާތް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔަށް ވަފާތެރިވެ އެކަން ސާބިތުކޮށް ދެއްވުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ކިބައަށް އިލްތިމާސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: