ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ނުބޭއްވޭނެ: މަހްލޫފް

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު ޝުރާއު -- ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރ މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވޭނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.

މަހްލޫފް ވިދާޅުވީ ކޮވިޑްގެ ހަލާތަކާ ގުޅިގެން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ރާއްޖޭގައި އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

“މުޅި ދުނިޔެއަަށް ކޮވިޑްގެ އުނދަގޫ ޖެހުނު އިރު ރާއްޖެއަކީ އެންމެ ބޮޑަށް އަސަރުކުރި ގައުނު. އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، އަދި މުޅި ގޭމްސް ރާވާ ހިންގަން ވަގުތެއް ވެސް ނެތް” މަހްލޫފް ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ އެތައް ބަޔަކަށް މީގެ ނޭދެވޭ އަސަރު ފޯރާފައި އޮތް ދަނޑިވަޅެއްގައި މިފަދަ ގޭމްސްއެއް ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: