ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޖަމީލު ނައިބުރައީސް ކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި ފެށުމުން ވާނީ ކިހިނެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ.ޖަމީލް މަގާމުން ވަކިކުރީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށްބުނެ ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް އޭނާގެ ފަރާތުން ހުށަހެޅުއްވީ 2019 ވަނަ އަހަރެވެ. އެއީ 2015 އިން ފެށިގެން 2018 އަށް އިނގެރޭސި ވިލާތުގައި ރައީސް ޔާމީން ވެރިކަން ވައްޓާލުމައްޓަކައި އޭރުގެ އިދިކޮޅު ފަރާތް ތަކާއި ގުޅިގެން އެތައް މަސައްކަތެއްކޮށް އެންމެ ފަހުން ރައީސް ޔާމީނު އިންތިހާބުން ބަލިކޮށްފައި މާލެ ވަޑައިގެންނެވެ.

އެންމެ ފުރަތަމަ އޮކްޓޯބަރު 2018 ވަނަ އަހަރު މާލެ ވަޑައިގެން ވީޓީވީގެ ލައިވް ޕްރޮގުރާމެއްގައި ރައީސްޔާމީން ޑރ.ޖަމީލަށް ކުރެއްވި އަނިޔާތަކުގެ ވާހަކަ ކިޔައިދެއްވަމުން ކަރުނައަޅާ ކީރިތި ކުރެއްވިއެވެ. އަދި ހަމަ އެޕްރޮގްރާމްގައި ނައިބުރައީސް ކަމުގައި ހުންނަވާ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހިރާ ދުވަސްވަރު ޑރ ޖަމީލް އިދިކޮޅު ފަރާތްކަށް ފޮނުވާފަ ހުރި މެސެޖްތަކެއް ރައީސް ޔާމީނަށް ލިބުނުކަމަށް ބުނެ އެމަނިކުފާނު ހައްޔަރު ކުރަން އުޅުމުން އިނގެރޭސި ވިލާތައް ވަޑައިގެންކަމަށާއި މަޖްލީހުގައި ޖަވާބުދާރީ ވާން އެމަނިކުފާނުގެ ލޯޔަރުންނަށް ޖާގަނުދިން ކަމަށް ވިދާޅުވިއެވެ. އަދި އެކި މީޑިއާ ތަކުގައި މަޖްލީސް މެންބަރުންނަށް ކުރީގެ ރައީސް ޔާމީން އަދި އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރިޝްވަތުދީގެން އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓް ނެގިކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އަދި މެޑަމް ފާތުންވެސް ކާރާއި އަގޮއްޓި އާއި އެތައް ފައިސާއެއް އެމަނިކުފާނު މަގާމުން ވަކިކުރުމަށް ނެންގެވި ކަމަށް މީޑިއާގަ ވިދާޅުވިއެވެ.

އެހެންވެ މިމައްސަލަ ކުރިއަށް ދާއިރު މިހުރިހާ ވާހަކައެއް ސުޕްރީމް ކޯޓުގައި ދެކެވޭނެ ކަމަށް ބެލެވެއެވެ. ޑރ.ޖަމީލު ވަކިކުރަން 80 މަޖްލީސް މެންބަރުން މެންބަރުން ވޯޓްދެއްވިއެވެ. އެހެންވެ ޕީޕީއެމްގެ އޭރުގެ ހުރިހާ މަޖްލީސް މެންބަރުން ވޯޓް ދިނީ ރިޝްވަތު ނަގައިގެން ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ޑރ. ޖަމީލު ކޯޓުގައި ވިދާޅުވާން ޖެހޭނެއެވެ. ރައީސް ޔާމީން އެމަނިކުފާނު ވަކިކުރަން ހެއްދެވީ އިތުރުފުޅުކަމާއި ސީދާ ރައީސް ޔާމީން މަޖްލީސް މެންބަރުންނަށް ރިޝްވަތު ދިނީ ކަމަށް ކޯޓުގައި ބުނާނެބޭއެވެ؟ އެންމެ ފަހުން ސުޕްރީމްކޯރޓްގައި ދައްކަވާ ވާހަކަތަކުން ޑރ ޖަމީލް ވެސް ވާނީ ރައީސް ޔާމީން އަދި ޕީޕީއެމްގެ މަޖްލީސް މެންބަރުންގެ މައްޗަށް ރިޝްވަތާއި ކޮރަޕްޝަން ސާބިތު ކުރަން ވާގިދޭ ހެއްކަކަށް ބާއެވެ؟

ކޮންމެއަކަސް ޑރ.ޖަމީލު މައްސަލަ ކޯރޓަށް ވެއްދިއިރާއި ހިލާފަށް މިހާރުމިވަނީ އެމަނިކުފާނުގެ ހާލަތު މުޅީން ބަދަލުވެފައެވެ. މިހާރު ޑރ.ޖަމީލަކީ ރައީސް ޔާމީނުގެ ދިފާއީ ލޯޔަރެވެ. އަދި ޕީޕީއެމްގެ އެޑްވައިޒަރެކެވެ. ސުޕްރީމްކޯރޓަށް ވެއްދި މައްސަލައިގައި ގާނޫނު އަސާސީ އާއި ހިލާފަށް އަދި ރިޝްވަތު ނަގައިގެން އެމަނިކުފާނަށް އެތައް އަނިޔާއެއް ދިންކަމަށް ދައުވާ ހުށަހަޅާފައިވާ ފަރާތްތަކާއި މިއަދު ޑރ.ޖަމީލު ވަނީ ގާނޫނީ އަދި ސިޔާސީ ގޮތުން ގުޅި ލާމެހިފައެވެ.

މިމައްސަލަ އަދިވެސް ޑރ.ޖަމީލަށް ސުޕްރީމް ކޯރޓުން އަނބުރާ ގެންދެވިދާނެއެވެ. ސަބަބަކީ އެއީ އެމަނިކުފާނު ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކަށް ވާތީއެވެ. އަދި އެމައްސަލައިގެ އަޑުއެހުންތައްވެސް ނުފެށެއެވެ. މިމައްސަލަ ސުޕްރީމް ކޯރޓުގައި ޑރ.ޖަމީލް ކުރިއަށް ގެންދަވާނަމަ ރައީސް ޔާމީނުގެ ވަކީލުކަމުންނާއި އަދި ޕީޕީއެމްގެ އެޑްވައިޒަރު ކަމުން އިސްތިއުފާ ދިނުން ރީތިވާނެއެވެ. ސަބަބަކީ މަސްލަހަތު ފުށުއެރުން ބޮޑުކަމުންނެވެ. ގާނޫނު އަސާސީ އާއި ހިލާފަށް ކަމެން ކުރަން ނިންމިކަމަށް ދައުވާ ރައްދުކުރާ ދައުލަތުގެ އޭރު ވެރިމީހާގެ ދިފާއީ ވަކީލަށް ހުރުމަކީ ދެކޮޅުޖެހޭނޭކަމެއްނޫނެވެ. އަދި ޕީޕީއެމްގެ އެޑްވައިޒަރުކަމުގައި ލަފާދޭ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން ގާނޫނު އަސާސީ އާއި ހިލާފަށް ކަމެއް ކުރުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށްބުނެ ދައުވާ ކުރަމުން އެމީހުނަށް އެޑްވައިސް ދިނުމަކީވެސް ހަމަޖެހޭ ކަމެއް ނޫނެވެ.

އިންސާނާ އެއްފަހަރު ދުލުން ކިޔާ އެއްޗެއް ދުވަސް ކޮޅެއްފަހުން މުޅިން އެހެންގޮތަކަށް ބަދަލުކުރަން ޖެހުމުން ދެންޖެހޭނީ އެކި ޗަރުކޭސް ކުޅޭށެވެ. އެއީ އަދީބު އަދި މަސީހު ކުރިކަމެކޭ، ރައީސް ޔާމީން އަދި ޕީޕީއެމް މަޖްލީސް މެންބަރުން ކުރިކަމެއްނޫނޭ ދެން މިހާރު ޑރ.ޖަމީލަކަށް ވިދާޅެއްނުވެވޭނެއެވެ. އެގޮތައް ކޯޓްގައިވެސް ވިދާޅުވެގެން ފަރުޖެއްސޭކަށްނޯންނާނެއެވެ.

ކޮންމެއަކަސް ޑރ.ޖަމީލްގެ މައްސަލަ ސުޕްރީމް ކޯޓްގައި ކުރިއައް ގެންދާނެތޯ ނުވަތަ މައްސަލަ އަނބުރާގެނެސް ޑރ. ޖަމީލު ނައިބުރައީސް ކަމުން ވަކިކުރީ ގާނޫނު އަސާސީ އާއި ޙިލާފަށްކަމަށް އަމިއްލައަށް ގަބޫލު ކުރާނެތޯ ބަލަން ޝައުގުވެރިކަމާއި އެކީ ތިބެމާހެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 64%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 9%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: