ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެހެންދޫ ކިޔަވާ ކުދިންގެ ސްކޫލް ފެރީ ބޭނުން ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެހެންދޫ ދަރިިވަރުން އެއަތޮޅު ގޮއިދުއަށް ގެންދިއުމަށް ސްކޫލް ފެރީ ބޭނުން ކުރަން ފަށައިފިއެވެ.

މިއެފެރީގެ ހިދުމަތަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންދޭ ޙިދުމަތެކެވެ.

ރަށުގައި އާބާދީ ކުޑަވުމުން ފެހެންދޫގެ ސްކޫލުގައި ކިޔަވާ ނުދޭތީ ފެހެންދޫގެ 26 ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށެވެ.

މީގެ ކުރިން އެ ކުދިން ކިޔެވުމަށް ގޮައިދޫ ސްކޫލަށް ދަނީ ކުޑަ ޑިންގީއެއްގައެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ، ފެރީގައި ކުދިން ސްކޫލަށް ދާ މަންޒަރު ފެނުމުން އުފާވާ ކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: