ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުން ރައީސް ނަޝީދު ބޮޑު މަންފާއެއް ހޯއްދެވި ކަމަށް ބުނާ މައްސަލަ ހުށަހަޅަނީ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބޮޑު މަންފާއެއް ހޯއްދެވި ކަމަށް ބުނާ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅުން މި މައްސަލަ އިދާރާތަކަށް ހުށަހަޅަން ނިންމީ، އެމްއެމްޕީއާރްސީގެ ހިޔާނާތުން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ނަޝީދު ކަމަށް އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

މިއަދު އިދިކޮޅު ކޯލިޝަނުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ޝަހީދު ވިދާޅުވީ ޝުއައިބު ދެއްކި ވާހަކަތަކާ ގުޅިގެން ނަޝީދުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި (އޭސީސީ) ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ނަޝީދުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމިއިރު، ބޮޑު ހިޔާނާތާ ގުޅިގެން އެއްވެސް ފައިސާ އެއް ލިބިވަޑައިގެން ނުވާނެ ކަމަށް ނަޝީދު ވަނީ މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޝުޢައިބަށް އެކަން އެނގުނީ އަދި ކިރިޔާބާ؟ ކީއްވެ ކުރިން ތިޔަ ޥަހަކަ ނުދައްކައި ސިއްރުކޮށްގެން ހުރީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: