ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ އިންތިޚާބު: ކުޑަ ތަފާތަކުން ބައިޑަން ކުރީގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓްތައް ގުންނަން ފަށާ ނަތީޖާ އިއުލާންކުރަމުންދާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ވާދަވެރިކަން ބޮޑު ނަމަވެސް ބައިޑަން ކުރީގައި އުޅުއްވާ ކަމަށް ދައްކައިފި އެވެ.

މިވަގުތުގެ ނަތިޖާތައް ދައްކާގޮތުން ބައިޑަން އަށް ޖުމްލަ 192 އިލެޓޯރިއަލް ވޯޓްވަނީ ލިބިވަޑައިގެންފައެވެ. ޓްރަންޕަށް މިހާތަނަށް ލިބިވަޑާއިގަތީ 270 އިލެޓޯރިއަލް ވޯޓުން 114 ވޯޓްވެ. ވައިޓް ހައުސް އަށް ވަޑައިގަތުމަށް މި 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަންޖެހެއެވެ.

ޓްރަމްޕް ވަނީ 14 ސްޓޭޓެއް ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިންޑިއާނާ އާއި ކެންޓަކީ، އޮކްލަހޮމާ، ޓެނެއްސީ އަދި ވެސްޓް ވާޖީނިއާ ހިމެނެ އެވެ. މިއީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތަކެވެ.

ބައިޑަން ވަނީ 12 ސްޓޭޓެއް ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އަމިއްލަ ސްޓޭޓް ޑެލަވެއާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ނިއު ޔޯކް އާއި ވެރިރަށް ވޮޝިންޓަންގެ ވޯޓް ވެސް ކާމިޔާބު ކުރެއްވީ ބައިޑަން އެވެ. މިހާތަނަށް ބައިޑަން ކާމިޔާބު ކުރައްވާފައި ވަނީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވި ސްޓޭޓްތަކެވެ.

ނަތީޖާތައް ދައްކާގޮތުން 2016 ގައި ޑިމޮކްޓަރުންގެ ތެރެއިން ވާދަކުރެއްވި ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވި ސިޓީތަކުން މިފަހަރުވެސް ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. އެހެންނަމަވެސް ކުދި ކުދި ސަރަހައްދުތަކުން ޓްރަންޕު އަންނަނީ ކާމިޔާބު ކުރައްވަމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: