ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ، ރަނގަޅު ވެރިކަމެއް ކުރެވޭނީ އިދިކޮޅަށް: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވާފަދަ ހެޔޮ ވެރިކަމެއް ކުރެވޭނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލުޝަނަށް އެކަނިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޝުއަރަންސްގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ އިޖްތިމާއި އިގްތިސާދީގޮތުން ފުދުންތެރި ވެރިކަމެއް ކުރެވެމުން ނުދާ ކަމަށެވެ. އަދި އެފަދަ ވެރިކަމެއް ކުރެވޭނީ ރައީސް އަބްދުﷲ ޔާމީން ފަދަ ލީޑަރަކު ހުންނަވައިގެން ކަމަށާއި ލަކުޑިކާޅަކަށް ދެންކެޔޮ ނުކެވޭނެ ކަމަށްވިދާޅުވެ މިހާރުގެ ސަރުކާރަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ ކަންކަން އިސްލާހު ނުވަނީ ގާނޫނުތަކެއް ނެތިގެން ނޫން ކަމަށެވެ. އަދި މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުން މާ މުހިންމުކަމަށް ވިދާޅުވިއެވެ. އިންޝުއަރަންސް ކުންފުނިތަކުގެ ވެރިންގެ އިހްލާސްތެރިކަމެއް ނެތް ކަމަށާއި ސަރުކާރުން ވެސް  އެފަދަ ކުންފުނިތައް ޒިންމާދާރު ކުރުވުމަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕީސީބީ ބޯޑާއި އެހެނިހެން އިދާރާތަކުން މިފަދަ ކަންކަން ބަލަންޖެހޭ ކަމަށާއި އެކަން އެގޮތަށް ނުވާނަމަ، މަޖިލީހުން އެމަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި 19 ވަނަ މަޖިލީހަށް އަލަށް ތައާރަފްކޮށްފައިވާ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއިން މިފަދަ ކަންކަން ބަލަންޖެހޭ ކަމަށްވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: