ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާޙްކޮށްފިއެވެ.

މި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މިދާއިރާ ތަރައްޤީކޮށް ކުރިއަރުވައި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މިއީ 5 އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނަކީ މިދާއިރާގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފިގެންދާނެ ޕްލޭނެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިއަދު މި އިފްތިތާޙްކުރެވުނު ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނަކީ މިދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހުޅުވާލެވިގެން ދިޔަ އިތުރު ދޮރެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ސިފަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: