ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ކަނޑައެއްނާޅާ!

ކަރަންޓީން ވުމަށް މާލެއިން ރަށްތަކަށް ދިއުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް އަދި ކަނޑައަޅާފއި ނުވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

“ސަންގު” އާއި ވާހަކަ ދައްކަމުން އެޗްޕީއޭ އިން ބުނީ އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ އިތުރު ސާމްޕަލްއެއް ނެގުމުގެ ތައްޔާރީތައް ކުރިޔަށް ދާ ކަމަށެވެ.

އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް ކަމަށް ރާއްޖޭގެ މީޑީޔާއަކުން ވަނީ ރިޕޯޓުކޮށްފައެވެ. ކަރަންޓީނު އުސޫލާއި ހިލާފުކަންތަކެއް ފާހަގަ ކުރެވިފައިވާ އެ ކޭސް އާއި ގުޅޭގޮތުން ވަކި ގޮތެއް ނުނިންމާކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލެއް ނަގަން ހަމަޖެހިފައިވާ ކަމަށާއި އެ ސާމްޕަލްގެ ނަތީޖާ ލިބުނުހާ އަވަހަކަށް މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.

ކޮމިއިއުނިޓީ ސްޕްރެޑްއެއް އޮތް ކަމަށް ކަނޑައަޅާނީ، ބަލީގެ ކްލަސްޓާތަކެއް ފެނުމުންނެވެ. އަދި އެގޮތަށް ކަނޑައަޅާނީ ވެސް ބަލަންޖެހޭ ވަކި ކަންތައްތަކަކަށް ބެލުމަށްފަހު އެވެ.

އެޗްއީއޯސީއިން ވަނީ ޔަގީން ނުވާ ހަބަރުތައް ވެސް ނުފެތުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: