ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާޑްވެއާގެ މައި މަގު، އެލްބިއަން ސްޓޯރު ވެސް ޖަނަވަރީ މަގަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެލްބިއަން ސްޓޯރުގެ އާ ފިހާރައެއް، ހާޑްވެއާ ފިހާރަތައް ގިނަ ޖަނަވަރި މަގުގައި މިއަދު ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އާއި އާސްކް ހޯލްޑިންސްގެ ޗެއާޕާސަން އާމިނަތު މިރްފަތު އަހުމަދެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު އަޝްފާގު ވިދާޅުވީ ހާޑްވެއާ ފިހާރަތައް ގިނަ ޖަނަވަރީ މަގުގައި އެލްބިއަން ސްޓޯރުގެ ފިހާރައެއް ހުޅުވުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަަމަރުންނާ ގާތުން ހިދުމަތް ދިނުމަށް އިތުރު ފިހާރަތައް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ފިހާރަ އަކީ ކަސްޓަމަރުންގެ އެދުމުގެ މަތިން ހުޅުވި ފިހާރައެއް ކަމަށް އެލްބިއަން ސްޓޯރުން ބުންޏެވެ.

މި ފިހާރައިން ލިބެން ހުންނަ އުފެއްދުންތަކުގެ ތެރޭގައި މޮންސޫން އާއި ޕްރީމާ އާއި ރޫބީ އާއި ސެރާ އާއި ކެންގަރޫ އަދި އެބްކޯ ބްރޭންޑްގެ ސާމާނު ހިމެނެ އެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ހާޑްވެއާ ސާމާނާއި، ފްލޯރިން އާއި ތަފާތު ވައްތަރުގެ ބްލޮކް ބޯޑާއި ޕްލައިވުޑް އަދި ސެނިޓަރީ ވެއާ ސާމާނު ލިބެންހުންނާނެ އެވެ.

އެލްބިއަން ސްޓޯރުން ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ހިދުމަތްތަކުގެ ތެރޭގައި، އެލްބިއަން ސާވިސަސްއިން ދެމުން އަންނަ ޓައިލް ކެފުމާއި، މަރާމާތުކުރުމާއި ކާޕެންޓްރީގެ ހިދުމަތްތައް ވެސް ލިބޭނެ އެވެ.

އެލްބިއަން ސްޓޯރުގެ ޖަނަވަރީމަގުގެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: