ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ އިންތިހާބު: ބައިޑަންއަށް ކާމިޔާބު ޔަގީންވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބުކުރަން ބޭނުންވާ އިލެކްޓޯރަލް ވޯޓު ހަމަކުރުމާއި ދާދި ގާތަށް އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑަން ޖެހިލައިފިއެވެ.

އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު ބައިޑަން އަށް 264 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް އަދި ލިބިފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ 270 އިލެކްޓޯރަލް ވޯޓެވެ. މިއަދަދު ހަމަކުރުމަށް ބައިޑަން ބޭނުންވަނީ އެންމެ ހަ ވޯޓުކަމަށްވާއިރު ޓްރަމްޕަށް 56 ވޯޓު ބޭނުންވެ އެވެ.

އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ވޯޓްލީ މީހުންގެ ތެރެއިން 71.5 މިލިއަން މީހުން ވޯޓްދީފައިވަނީ ބައިޑަން އަށެވެ. މީ ވޯޓްލީމުންގެ 51 އިންސައްތަ އެވެ. އަދި މީ އެމެރިކާގެ ތާރީހުގައިވެސް ރިޔާސީ އިންތިހާބެއްގައި ކެނޑިޑޭޓަކު އެންމެ ގިނައިން ވޯޓް ހޯއްދެވި ފަހަރެވެ.

އިންތިޙާބުގައި މޮޅުވާނެކަމަށް ޖޯ ބައިޑަން ވިދާޅުވަމުން ގެންދަވާއިރު އަނެއްކޮޅުން ޓްރަމްޕްވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ވަގަށްނެގި ކަމަށް ސިފަކުރައްވައި ވޯޓު އޮޅުވާލިކަމަށް ތުހުމަތު ކުރައްވާފަ އެވެ. ވޯޓު ގުނުން ހުއްޓުވުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: