ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރެއިން 50 އަށްވުރެ ގިނަ ގެސްޓްހައުސް އޮޕަރޭޝަނަށް!

ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، ހުޅުވާލުމަށް ހުއްދަދޫކުރި ފަހުން މިހާތަނަށް 50އަށްްވުރެ ގިނަ ގެސްޓްހައުސް އޮޕަރޭޓްކުރުމަށް ހުއްދަ ދީފައިވާކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެފިއެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމާއި ގުޅިގެން، އާންމުކުރި ކުއްލި ނުރައްކަލުގެ ސިއްހީ ހާލަތާއެކު ގެސްޓްހައުސްތައް ބަންދުކުރީ މާޗްމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގެސްޓްހައުސްތައް ހުޅުވާލުމުގެ ފުރުސަތުގެ އަލުން ދީފައިވަނީ 200އަށްވުރެ ގިނަ ދުވަސްފަހުން އޮކްޓުބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އޮކްޓުބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު 53 ގެސްޓްހައުސްއެއް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާކަމަށް ޓުއަރިޒްމް މިނިސްޓްރީގެ ތަަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަސް އަތޮޅެއްގައި ހިންގާ 53 ގެސްޓުހައުސްއެއް ހުޅުމުގެ ހުއްދަވަނީ ދީފަ އެވެ. އެންމެ ގިނައީ ކ އަތޮޅު އާއި އއ އަތޮޅުގައި ހިންގާ ގެސްޓުހައުސްތަކެވެ. ކ އަތޮޅުން 22 ތަނެއް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު އއ. އަތޮޅުން ވެސް 21 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްްފައެވެ.

ގެސްޓުހައުސްތައް ހުޅުވިފަހުން މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް ޖުމްލަ 1،210 ޓޫރިސްޓުން ގެސްޓުހައުސްތަކަށް އައިސްފައިވާކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ގޮސްފައިވަނީ މާފުއްޓަށެވެ. އެރަށަށް 548 ފަތުރުވެރިން ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލުމާތުދެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްތަކަށް ހުޅުވާލުމަށް ހުއްދަ ދެނީ ގިނަ ކަންތައްތަކަކަށް ބެލުމަށްފަހުއެވެ. އެގޮތުން ހުޅުވާލުމަށް ހުއްދަ ދިނުމަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ގައިޑްލައިނެއް އެކުލަވާލާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ރަށު ފެންވަރުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމްކޮށްފައި ހުރިތޯ ޓުއަރިޒްމް މިނިސްޓްރީއިން ބަލަމުންދެއެވެ.

މީގެ އިތުރުން ސިއްހީ ގޮތުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ ކަމަށާއި ކައުންސިލުން މިކަންކަން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް އެންގުމުން އަދި ގެސްޓްހައުސްތަކުން ވަކި ވަކިން ހުށައަޅައި އެސްއޯޕީތަކަށް ބެލުމަށްފަހު ހުޅުވާލުމަށް ހުއްދަ ދެމުންދާނެކަމަށް ޓުއަރިޒްމް މިނިސްޓްރީއިން މައުލުމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: