ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފިޗް ރޭޓިން އަނެއްކާވެސް ދަށަށް، ދަރަނީގެ ސަބަބުން އިގްތިސާދީ ގެއްލުން ބޮޑުވާނެ!

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ކްރެޓިޑް ރޭޓިން “ބީ މައިނަސް” އިން “ސީސީސީ” އަށް ދަށްކޮށް ރާއްޖޭގެ އިގްތިސާދީ ހާލަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 އިން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ނެރުނު ރާއްޖޭގެ ރޭޓިންގައި ވާ ގޮތުން، ރާއްޖޭގެ ރޭޓިން “ބީ” ނެގެޓިވް އައުޓްލުކްއިން “ސީސީސީ” އަށް ދަށްކުރީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެ، ދަރަނިތައް އިތުރުވަމުން ދާ ކަމަށް ފިޗް ރޭޓިންގްސް ގައި ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ވާ ގޮތުން، ރާއްޖެއަށް އެންމެ ބޮޑު ގެއްލުން ވަނީ ކޮވިޑުގެ ސަބަބުންނެވެ. ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ހަމަޔަކަށް ނޭޅޭނަމަ، އިގްތިސާދީ ގޮތުން ލިބޭ ގެއްލުން ދަށް ނުވާނެ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ބޭރުގެ ގައުމުތަކުގެ އެހީތައް ބޭނުންވާ ގައުމެއް ކަމަށާއި، އެކި ގައުމުތަކާއި އެކު ގާއިމްކޮށްފައިވާ ގުޅުންތަކުގެ ސަބަބުން ވެސް ގައުމުގެ އިންފްރާސްޓްރަކްޗާއަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފިޗްއިން ފާހަގަކުރިއެވެ. ހާއްސަކޮށް މި ދަނޑިވަޅުގައި އިންޓަނޭޝަނަލް ކޮމިއުނިޓީގެ އެއްބާރުލުމާއި އެހީ ބޭނުންވާކަމަށް ރިޕޯޓުގައި ވެއެވެ. އަދި ބުނެފައިވަނީ ރާއްޖެއަށް ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ފައިނޭންސިން ބޭނުންވާ ކަމަށެވެ.

ފިޗްއިން ބުނެފައިވަނީ ދަރަނިތައް އަދާކުރުމުގައި ރާއްޖެއަށް ހުރި ގޮންޖެހުންތައް އެ އިދާރާއިން ވެސް ގަބޫލު ކުރާ ކަމަށެވެ.

ފާއިތުވެ ދިޔަ މަދު މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ގައުމެއްގެ ގޮތުގައި ބެލެވެނީ ދިވެހި ރާއްޖެކަމަށް ފިޗުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފިޗްއިން އަންދާޒާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2009 ގެ ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީއާ ގުޅިގެން އިގްތިސޯދަށް ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން ކުރިޔަށް ދިޔަ ނަމަވެސް، ދާއިރާ ކުރިއަރަން ވަގުތު ނަގާނެކަމަށް ފިޗްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިކަމަށް އަންނާނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ ކުރިއެރުންތައް ލަސްކަމަށް ވެސް ރިޕޯޓުގައި ވެއެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައީ ކުއްލި ހުއްޓުމެއް ކަމަށާއި، 2021 ވަނަ އަހަރު ފަތުރުވެރިކަމަށް އަންނާނެކަމަށް ބެލެވެނީ 20 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ވެއެވެ.

ފިޗްގެ ރިޕޯޓުގައި ގިނަ ކަންތަކެއް ފާހަގަކޮށްފައިވާއިރު، ސަރުކާރުގެ ދަރަންޏާއި ގުޅޭގޮތުން އެ އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ. ފިޗްއިން ވަނީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތްކަން ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 142 މިލިއަން ޑޮލަރު 2021 ވަނަ އަހަރާއި ހަމައަށް ދައްކަން ޖެހޭ ކަމަށް ފިޗުން ފާހަގަކުރި އެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ބޮޑުކަން ފާހަގަކޮށް ފިޗްއިން ބުނެފައިވަނީ 2022 ވަނަ އަހަރާއި ހަމައަށް 568 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން 277 ޑޮލަރު ދައްކަން ޖެހެނީ އަންނަ އަހަރުގެ ނިޔަލަށެވެ.

ރާއްޖެ އަށް ފުރަތަމަ ކްރެޑިޓް ރޭޓިން ދީފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން 2016 ވަނަ އަހަރު އެވެ. މޫޑީސްއިން އެ އަހަރު ރާއްޖެ އަށް ދީފައި ވަނީ “ބީ 2” ރޭޓިން އެކެވެ. އަދި އެއީ ފިޗްގެ “ބީ ޕްލަސް” ރޭޓިންއާ ގާތްގަނޑަކަށް އެއް ވަރެއްގެ ރޭޓިން އެކެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: