ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ވިދާޅުވަނީ ލޮނުޒިޔާތް ޕާކު “ކޮރަޕްޓު ޕާކް” އަކަށް މި ސަރުކާރުން ހަދައިފިކަމަށް!

ލޮނުޒިޔާރަތް ޕާކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ޕާކުތައް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށާއި، ލޮނުޒިޔާރަތް ޕާކު އެއީ ކޮރަޕްޝަންގެ ހާއްޔެއްކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރަމުން އަންނަ ޕާކަކީ ސަރުކާރު ބަދަލުވުމަށްފަހު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔަތަނެއްގެ ގޮތުގައި މީގެ ކުރިން ވެސް މުއިއްޒު ވަނީ ސިފަ ކުރައްވާފައެވެ. މާލެ-ހުޅުމާލެ ބްރިޖް ފެށޭ ހިސާބު ނުވަތަ ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކުރާ ޕާކަށް މީގެ ކުރިން އެތައް ތާރީހުތަކެއް މާލެ ސިޓޯ ކައުންސިލުން ދީފައިވެއެވެ. އެހެން ނަމަވެސް އެ ތާރީހުތައް ފަހަނަޅައި ދާއިރު ވެސް މަސައްކަތްތައް ނިންމާނުލެވުމުގެ ސަބަބުން ޕާކު ވަނީ ހުޅުވޭ ގޮތް ނުވެފައެވެ.

އެންމެފަހުން އެ ޕާކު ހުޅުވާނެ ތާރީހެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ޖޫން ނުވަތަ ޖުލައި މަހެވެ. އެހެން ނަމަވެސް އެ ދުވަސްވަރު ޕާކު ނުހުޅުވުނީ ކޮވިޑުގެ ސަބަބުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ޕާކު ހުޅުވުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އޭގެ ފަހުން އަނެއްކާވެސް ޕާކާއި ގުޅުވާ ކޮރަޕްޝަންގެ ވާހަކަތަކެއް ދެކެވުނުއިރު، ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޕާކު ހުޅުވާނެ ތާރީހަކީ ނޮވެމްބަރު 11 ނުވަތަ ޖުމްހޫރީ ދުވަސް ކަމަށް ބުނެފައެވެ.

މައްސަލައިގައި ނުރުހުންފާޅުކޮށް ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެތައް ތާރީހެއް ދިނުމަށްފަހު، އެންމެ ފަހުން “ކޮރަޕްޝަން ޕާކު” ހުޅުވާނީ ޖުމްހޫރީ ދުވަހުކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތަކެއް މިދިޔަ ސަރަހައްދުން ތަރައްގީ ކުރިނަމަވެސް އެ ހުރިހާ މައިޒާންތަކެއް ވެސް ވީރާނާވާން ސިޓީ ކައުންސިލާއި މި ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ލޮނުޒިޔާތް ޕާކު ޖުމްހޫރީ ދުވަހާ ދިމާކޮށް ހުޅުވާފައިވާނެކަމަށް ސިޓީ ކައުންސިލުން އިއުލާނު ކުރިއިރު އެ ޕާކުގެ ދެ ފާހާނާ ބަރި ހެދުމަށް ބީލަމަކާ ނުލައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައި ސިފާގެ މައްޗަށް ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފޮނުވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: