ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލި މީހާގެ ހާލަތު ހިއްސާކޮށްފައިވަނީ އެކިފަހަރު އެކިގޮތަށް، ކަޑިންމައިގެ ހުއްދަ އަދި ބާތިލުކޮށްފައެއްނުވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކަޑިންމަ ރިޒޯޓުގެ ހުއްދަ ބާތިލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް ހެލްތު އިމްޖެންސީ އޮޕަރޭޝަންސް ސެންޓަރުން ދޮގުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވަބުދެއްވަމުން ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ ބައެއް މީޑިޔާތަކުން ކަޑިންމަ ރިޒޯޓުގެ ހުއްދަ ބާތިލުކޮށްފައިވާކަމަށާއި އެހެންނަމަވެސް މިހާތަނަށް އަދި ކަޑިންމަ ރިޒޯޓުގެ ހުއްދަ ބާތިލުކޮށްފައިނުވާކަމަށެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ، އެޗްއީއޯސީ، އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީގެ އޮފިޝަލުން އެރިޒޯޓަށް ގޮސް ކުރި މަސައްކަތުން ރިޒޯޓުގެ މުވައްޒަފުންގެ މައުލޫމާތު އެކި ފަހަރުމަތިން ދީފައިވަނީ އެކިގޮތަށްކަމަށް ހާމަވެފައިވާކަމަށެވެ.

އެގޮތުން ބަލި މީހާގެ ހާލަތުވެސް އެކިފަހަރުމަތިން ހިއްސާކޮށްފައިވަނީ އެކިގޮތަށްކަމަށް ވިދާޅުވިއެވެ. އަދި ރިޒޯޓުގެ މުވައްޒަފުންގެ ކަންކަން ހިއްސާކުރަމުން ދިޔައީ ރިޒޯޓުގައި މަސައްކަތްކުރަމުންދިޔަ ޑޮކްޓަރުކަމަށް ވިދާޅުވިއެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގުކުރަން ފެންނާތީ އެމައްސަލަ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގުކުރުމަށް ފުލުހުންނަށް ހުށައެޅީކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ގޮތެއް ނިންމަން އެނގޭނީ ތަހުގީގަށްފަހު

ކަޑިންމަ ރިޒޯޓުން އެކަނި މިހާތަނަށް 60 މީހަކު ޕޮޒިޓިވްވެފައިވާއިރު، ކަޑިންމަ ރިޒޯޓުގައި ކޮވިޑްގެ ކޭސްތަކެއް އުޅޭކަން ފާހަގަވީ އެރިޒޯޓުގައި މަސައްކަތްކުރަމުންދިޔަ އުމުރުން 60 އަހަރުގެ މީހަކު ނިޔާވުމާއި ގުޅިގެން ހެދި ކޮވިޑް ޓެސްޓުން އޭނާ ޕޮޒިޓިވްވިކަން ފާހަގަވުމާއި ގުޅިގެންނެވެ. އޭނާ ނިޔާވީ ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުއެވެ. އަދި އޭނާގެ ބަލި ހާލަތު ގޯސްވިއިރުވެސް، ރިޒޯޓުން އެކަން އަންގާފައިނުވާކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

ރިޒޯޓުތަކުން އިހުމާލުވުމުގެ ކޭސްތައް ފެންމަތިވަމުން އަންނައިރު، މިފަދަ މައްސަލައެއް އެންމެ ފުރަތަމަ ފެންމަތިވީ ޅ އަތޮލޫ ކުރެއްދޫއިންނެވެ. އެރިޒޯޓުގައި ހުރި ބަލި މީހަކު ފުރުވާލުމަށް ހުއްދަދިން މައްސަލާގައި ކުރި ތަހުގީގުންވެސް އެރިޒޯޓުގެ އިހުމާލެއް ނެތްކަމަށް ވަނީ ނިންމާފައެވެ.

ކަޑިންމަ ރިޒޯޓުގެ މައްސަލާގައިވެސް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާއިރު، މިމައްސަލައާ ގުޅިގެން ޓުއަރިޒްމް މިނިސްޓްރީއިން އާންމުކޮށްފައިވާ ނޫސްބަޔާނުގައި ވަނީ ގައިޑްލައިންތަކާއި ޚިލާފުވާނަމަ އެންގުމެއްނެތި ދޫކޮށްފައިވާ ލައިސެންސް ބާތިލްކުރަންޖެހިދާނެ ކަމަށެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ފިޔަވަޅެއް މިހާތަނަށް އެއްވެސް ރިޒޯޓަކަށް އަޅާފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: