ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދުން ހުސައިން ޖަމީލަށް: މި ގައުމު ދަރުވާލީ ކޮންބައެއްކަން ދިވެހިންނަކަށް ނޯޅޭ!

ކުރީގެ ނައިބު ރައީސް ޑރ.ޖަމީލު އަދި ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ދަރަނިވެރިވެ، ރިޒާވް ހުސްވަމުންދާކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ކުރެއްވި ތުޚުމަތުތަކަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމު ރައްދު ދެއްވައިފިއެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެކަމަށް ބުނި އެމްޑީޕީން ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދައިފިކަމަށެވެ. އަދި ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެކަމަށާއި، އެތައް ޖީލަކަށް އިޤްތިޞާދު ފުނޑުފުނޑުވެގެން ދިޔައީކަމަށްވެސް ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު (އަނދުން ހުސައިން) ވަނީ އެ ދަރަނި ތަކަކީ ޖަމީލުމެން ރާއްޖެ ދަރުވާލާފައިވާ ދަރަނިތަކެއް ކަމަށެވެ. އެގޮތުން ޖަމީލު ނައިބު ރައީސްކަން ދޫކޮށްލިއިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިކަމަށެވެސް ވިދާޅުވިއެވެ.

“މަނިކުފާނަށް މި ރާއްޖޭގެ ރައްޔިތުން ދިނީމައި ހަރުފަ ދުލި ދޫކޮށްލާގޮތަށް ނައިބު ރައީސްކަން ދޫކޮށްލިއިރު ގައުމު ދަރުވާލާފައި އޮތް މިންވަރުން ދައްކަން ޖެހޭ ފައިސާކަން އޮޅިފައިހުރީ ދިވެހިންގެ ކާކު؟” އަނދުން ހުސައިންހ

ސަންގަށް މައުލޫމާތު ދެއްވަމުން އަނދުން ހުސައިން އިތުރަށް ވިދާޅުވީ، ދަރަނީގެ ވާހަކަ ދައްކަން ޖަމީލު ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ރާއްޖެ އެންމެ ބޮޑަށް ދަރުވާލާ، ބައިތުލްމާލު ވަގަށް ނެގި މީހެއްގެ ދިފާއުގައި ވަކާލާތު ކުރާ މީހަކު ދިވެހިންނަށް އެދޭނެ ހެވެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: