ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

32 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ބަޔާ ހަވާލުކޮށްފިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން ޖިމްތަކެވެ.

މި މަސައްކަތް ކުރުމަށް ޔޫތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ.

އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

ހއ. ބާރަށް
ހއ. ތަކަންދޫ
ހއ.މުރައިދޫ
ހދ. ކުޅުދުއްފުށި
ހދ. ނޭކުރެންދޫ
ހދ. ކުމުންދޫ
ހދ. ވައިކަރަދޫ
ށ. ފޯކައިދޫ
ށ. ކަނޑިތީމު
ނ. ހެނބަދޫ
ނ. މާޅެންދޫ
ނ. ވެލިދޫ
ނ. ކުޑަފަރި
ނ. މާފަރު
ނ. މަނަދޫ
ރ. މަޑުއްވަރީ
ރ. އުނގޫފާރު
ރ. ރަސްގެތީމު
ރ. ހުޅުދުއްފާރު
ރ. އިނގުރައިދޫ
ރ. އިންނަމާދޫ
ރ. މީދޫ
ރ. ފައިނު
ބ. އޭދަފުށި
ބ. ކަމަދޫ
ބ. ގޮއިދޫ
ޅ. ކުރެންދޫ
ކ. ހިންމަފުށި
ކ. މާފުށި
ކ. ދިއްފުށި
ވިލިމާލެ
ކ. ތުލުސްދޫ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: