ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ކޮމެޓީގެ މުގައްރިރަކަށް ނާޝިޒް

މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް.... ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ނާޝިޒު ނައިބު މުގައްރިރު ކަމަށް އައްޔަން ކުރައްވާފައިވަނީ ބަޖެޓް ދިރާސާކުރުމަށް 27 މެންބަރުންގެ މަށްޗަށް އެކުލެވިގެންވާ އެ ބަޖެޓް ކޮމެޓީއަށް ހާޒިރުވެ ތިބި 21 މެމްބަރުގެ ތެރެއިން 20 މެންބަރުންގެ އަގްލަބިއްޔަތާއި އެކުވެ.

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު ހަމަޖެއްސިއިރު، ނައިބު މުގައްރިރަކަށް ހަމަޖެއްސީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ކޮމެޓީގެ ނައިބު މުގައްރިރަކަށް މުހައްމަދު ރަޝީދު ހުސެން ހޮވިފައިވަނީވެސް ކޮމެޓީގައި ބައިވެެރިވި 20 މެންބަރުންގެ ތާއީދާ އެކުއެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވިއިރު، މި ބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމެޓީގެ ގަވައިދު ފާސްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކޮމިޓީ އަށް ހާޒިރުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: