ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑޭގެ ސުވާލު އަސްލަމަށް: މާލެ ސަރަހައްދު ތަރައްގީކުރާން ޕްލޭނެއް އެބައޮތްތަ؟

ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދު ތަރައްގީކުރާނެ ޕްލޭނެއް އެބައޮތްތޯ ސުވާލު އުފައްދަވައި ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ބައެއް ވަޒީރުން ވަޑައިގެންފައިވާއިރު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްވެސް ވަނީ އެދުވަހުގެ ކޮމެޓީ ބައްދަލުވުމަށް ވަޑައިގެންފައެވެ.

ކޮމެޓީ ބައްދަލުވުމުގައި ވަޒީރުންނަށް ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު އިބްރާހިމް ރަޝީދު ވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުޑަމިނުން މާލެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ ޕްލޭނެެއް އެބައޮތްތޯ މިނިސްޓަރ އަރިހުން ވަނީ ސުވާލު ކުރައްވާފައެވެ. މާލެ އޮންނާނެގޮތުގެ ތަސައްވުރެއް ނުވަތަ ކުރެހުމެއް ނެތްކަމަށާއި ބަޖެތު ފޮތުގައިވެސް ގްރޭޓަރ މާލެ ކަނެކްޓިވިޓީގެ ނަމުގައި މާލެއިން ތިލަފުށްޓަށް ބްރިޖެއް އަޅަން ނިންމާފައިވާކަމަށްފާހަގަކުރެއްވިއެވެ. އަދި 400 މިލިއަނެއްހާ ޑޮލަރު މިކަމަށް ޚަރަދުވާނެ ކަމަށް ޖަހާފައިވާއިރު މިމަސައްކަތް ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރާއި ހަމައަށްކަން ފާހަގަކުރެއްވިއެވެ.

އަލްމަރްހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަޖީދީމަގުގައި ހަދާފައިވާ ފިހާރަބަރި ފަހަތަށް ޖައްސާލެވޭ ފެންވަރުގެ ބާޒާރެއް މިހާތަނަށް އައިއިރު ތަރައްގީކުރެވިފައިނުވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު މާލެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ އެއްވެސް ހަރުދަނާ ޕްލޭނެއް ނެތްކަމަށް ވިދާޅުވެ، މާލެ ސަރަހައްދުން ރިއަލް އެސްޓޭޓްގެ ގޮތުގައި ބޭނުންކުރާނެ ސަރަހައްދާއި ލޭންޑް ޔޫސްގެ ގޮތުގައި ބޭނުންކުރާނެ ސަރަހައްދު ކަނޑައެޅެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ބަޖެޓުފައި އެބައޮތް މުޅި މާލެގެ ރައްޔިތުންނަަށް އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް އެކަމަކު އެއްވެސް ޕްލޭނެއް ކުރެހުމެއް މާސްޓަރ ޕްލޭނެއްނެތް! ދަނޑުވެރިކަން ކުރާނެ މަސްވެރިކަމަށް ޚާއްސަ ޒޯންތައް މިހާތަނަސް ދެއްކިފައެއްނެތް! ބަޖެޓަަށް ތާއީދުކުރެވެނީ ޕްލޭނެއް ކުރަހާފަ ދެއްކީމަ!

މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މިހާލަތަކީ އެއްވެސް މީހެއްގެ ބާރުފޯރުވޭނެ ނުވަތަ އެއްވެސް އިކޮނޮމިސްޓެއް ބޭނުންވާނެ ނުވަތަ އަންދާޒާކުރާ ގޮތަށް ކަންކަން ވާނެ ދުވަސްވަރެއް ނޫން ކަމަށެވެ. އެހެންކަމުން، ބޮޑެތި ކަރަދުތައް ކުރުމުގެ ބަދަލުގައި އާދައިގެ ފިހާރަތަކަށް އާމްދަނީއެއް ލިބޭނެފަދަ ގޮތަކަށް ކަންކަން ބެހެއްޓުން މާމުހިންމުވާނެކަމަށް ވިދާޅުވިއެވެ.

މެމްބަރުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، މިނިސްޓަރ އަސްލަމް ވިދާޅުވީ ޕްލޭނެއް އޮތްކަން މެމްބަރަށް އެނގިފައި ނެތުމަކީ އެބޭފުޅާގެ ކުށެއް ނޫންކަމަށެވެ. އަދި މިހާރު ބްރިޖު އޮތީ ޓެންޑަރިންގެ މަރުހަލާގައި ކަމަށާއި މަސައްކަތްތައް ކުރިއަށްދަނީ ކުރެހުންތައް ކުރަހައި، ސާރވޭކޮށް އަދި ޑިޒައިންވެސް ކުރެވިގެން ކަމަށެވެ. ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނެއް މިހާރުވެސް ހެދިފައިވާކަމަށާއި ގުދަންތައް ހުންނާނެ ސަރަހައްދާއި، ޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދާއި މީހުން އުޅޭނެ ސަރަހައްދު ކަނޑައެޅި ނިމިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޕްލޭނެއް ނެތްކަމަށް ދެކެވޭ ވާހަކައަކީ ދޮގު މައުލޫމާތުތަކެއް ކަމަށާއި މޭޔަރ ސިފާ މުހައްމަދަށްވެސް ޕްލޭން ހިއްސާކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރުގެ މިޖަވާބާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ، މެމްބަރު ވަނީ ބުރިޖާއި ޕޯޓުގެ ވާހަކަތަކުން ޖަވާބު ނިންމާނުލުމަށް ވިދާޅުވެފައެވެ. އަދި ބޭނުންވަނީ މުޅި މާލެ ސަރަހައްދު ތަރައްގީކުރާނެ ޕްލޭނެއްކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: