ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔައުގޫބުގެ ގޮނޑިއާއި މެދު މި މަހުގެ 16 ވަނަ ގޮތެއް ނިންމަނީ

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ހަމަޖެއްސުމާއެކު މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 16 ވަނަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލް ކޮށްފިއެވެ.

ޔަގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯތަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު އަރުވާފައެވެ. އަދި އެއަށްފަހު ބެންޗުން ވަނީ މައްސަލައާ ގުޅޭގޮތުން ފަހު ބަސް ވިދާޅުވުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާފައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުވަނީ މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ޔައުގޫބުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ހުރަހެއް ނެތް ކަމަށެވެ.

ހަލީމާއި އައްސަދު ވަނީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބު ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔައުގޫބުގެ ވަކީލުންގެ ޓީމުން ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ތަފާތުތަކެއްވާ ކަމަށެވެ. އަދި އެ ތަފާތުތައް އެހެން ހުރުމުން ޔައުގޫބުގެ ގޮނޑި ނުގެއްލޭކަން އެނގޭ ކަމަށެވެ.ޔައުގޫބުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށަ އެދި ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، މަޖިލީހަށް ހާޒިރުވާން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހަލީމާއި އައްސަދު ވަނީ އެދިފަ އެވެ. ނަމަވެސް މި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅަފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: