ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި ތަފާތު އިމްތިހާންތަކާއި ކުރިމަތިލާން ޖެހުނު: އެމްއާރުއެމް

އެމްއާރުއެމްއިން އެދެނީ ވީހާވެސް ގިނަ އަންހެނުން ލޯކަލް ކައުންސިލްގައި ވާދަކުރުމަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތިވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 53 އަހަރު ފުރުމާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ކުރިމަތިލާން ޖެހުނު އިމްތިހާނުތަކުގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ  ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތް އެމްއާރުއެމް އިން ފާހަގަކޮށްފައިވެއެވެ.

މަލްޓިޕާޓީ ޑިމޮކްރަސީއެއް އައުމާއެކު ހިނގާ މިދިޔަ 12 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމަށް އެމްއާރުއެމް އިން ބުނެއެވެ.

“ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތިވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާން ތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ  ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 12 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭ” އެމްއާރުއެމް

މިއަހަރުގެ ޖުމްހޫރީ ދުވަސް ދިވެހީންނާއި ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައިކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދިވެހިން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް އެމްއާރުއެމް އިން ބުނެއެވެ.

ބަޔާނުގައި ބުނެފައިވަނި މި ބަލިން ސަލާމަތްވެ ކުރީގައި އުޅުނު ދިރިއުޅުން އިއާދަ ކުރެވޭނީ، އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށާއި ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށްގެން ކަމަށެވެ.

އެގޮތުން ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދުވެސް ޢަޒުމު ވަރުގަދަކުރަން ޖެހޭ ކަމަށާއި އަދި ހަމައެހެންމެ، ޖުމްހޫރީ ދުވަހުގެ މި މުނާސަބަ ދަނޑިވަޅުގައި ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: