ތޫނު އެއްޗަކުން ހަމަލާ ދީ ލ.ހިތަދޫގައި މީހަކު ޒަޚަމު ކޮށްލައިފިއެވެ.
ފުލުހުން ބުނީ ލ.އަތޮޅު ހިތަދޫގައި ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައި ވަނީ ރޭގެ 20:35 ހާއިރު ކަމަށެވެ.
ހަމަލާ ލިބުނު މީހާ މިހާރު ލ ގަމު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ހަމަލާ ދީފައިވާ ޒުވާނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މިހާރު އެމީހާ ކޯޓު އަމުރެެއްގެ ދަށުން ހައްޔަރު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރު ކުރެވިފައި ވަނީ 20 އަހަރުގެ ފިރިހެެނެކެވެ.