ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނބުރި ޤައުމަށްދާން އެދުނު ބިދޭސީންގެ މައުލޫމާތު އާއްމުކޮށްފި

ޖުމުހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އެނބުރި ޤައުމަށްދާން އެދުނު ބިދޭސީންގެ މައުލޫމާތު އާއްމުކޮށްފިއެވެ. 

އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެނބުރި ޤައުމަށް ދާން ބޭނުންވާ ބިދޭސީންގެ މަޢުލޫމާތު އާއްމުކުރީ، އެމީހުންނަކީ ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލް އެއްގެ ދަށުން ވަޒީފާގައި އުޅޭ ބައެއްތޯ ޗެކްކުރުމަށް ކަމުގައެވެ.  އިކޮނޮމިކް މިނިސްޓްރީ އިން ބުނީ، ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ “ވޮލަންޓްރީ ރެޕަޓްރިއޭޝަން” ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ހުށަހަޅަމުންދާކަމުގައެވެ. 

އަދި އެފަދަ ފަރާތްތަކަކީ ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ފަރާތްތަކެއް ނަމަވެސް   އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި  ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް  އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، “ވޮލަންޓްރީ ރެޕަޓްރިއޭޝަން” ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީ ންގެ ލިސްޓެއް އާއްމުކޮށްފައެވެ.

އަދި އެ ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާނަމަ، ބިދޭސީ ފަރާތުގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މަޢުލޫމާތު ހިމެނޭ ގޮތަށް،  21 ނޮވެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ކުރިން repatriation@trade.gov.mvއަށް އީމެލް މެދުވެރިކޮށް ހުށަހެޅުމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން އެދިފައިވެއެވެ. 

“ވޮލަންޓްރީ ރެޕަޓްރިއޭޝަން”  ޕްރޮގްރާމްަގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށްވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: