ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މަސައްކަތްތަކުން ސަރުކާރު ހިންގަން ވަރަށް ބޮޑަށް ފަސޭހަވާނެ: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި  އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް މި ސަރުކާރު ހިންގުމުގައި ވަރަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންގެންދާ މަސައްކަތުން، ހަގީގަތުގައި މިސަރުކާރު ހިންގެވުމަށް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފަސޭހަފުޅު ވާނެ ކަމަށެވެ.

ހަސަން ވިދާޅުވީ އެމްޑީޕީން ސަރުކާރަށް ވާގިވާންޖެހޭނެ ކަމަށާއި ހަމައެއާއެކު އެމްޑީޕީން ސަރުކާރަށް ފާރަވެރިވާންވެސް ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގާނެ ގޮތާއި މަޖިލީހުން ކުރަންޖެހޭނެ މަސައްކަތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ހަސަން ވިދާޅުވިއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުގައި ކޯލިޝަން ޕާޓީތަކުގެ ވަޒީރުން ތިއްބަވައިގެން މަސައްކަތް ކުރައްވަނީ ގާނޫނާއި ގަވާއިދާއި އެއް ގޮތަށްތޯ އެމްޑީޕީން ބަލަންޖެހޭނެ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެމްޑީޕީން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދަނީ ކިހާ މިންވަރަކަށްތޯ ބެލުމަކީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ކުރައްވަން ޖެހޭނެ މަސައްކަތެއް ކަމަށް ހަސަން ވިދާޅުވިއެވެ.

“ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ގިނަ ކަންކަން ފަސޭހަފުޅު ވެގެން ދާނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އިން ކޮށްދެއްވާ މަސައްކަތުން. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެކުރައްވާ މަސައްކަތުން ފަސޭހަވެގެން ދާނެ ރަނގަޅު ގޮތުގައި ސަރުކާރު ހިންގުމަށް” ހަސަން ލަތީފް

މީގެ އިތުރުން ހަސަން ވިދާޅުވީ ސަރުކާރުގެ ވުޒާރާއެއްގައި ނުރަނގަޅު ކަމެއް ހިނގާކަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް ފާހަގަކުރެވުނަސް އެކަމެއް ހައްލުކުރުމަށް މަސައްކަތްތައް ކޮށްދެވޭ ކަމަށެވެ. އެކަންކަން ހައްލުކޮށް ހަމަ މަގަށް އެޅުވުމަށް ކުރެވޭ މަސައްކަތްތަކަކީ މިސަރުކާރަށް ލިބޭ ކާމިޔާބީއެއް ކަމަށާއި އެކަންކަމާއި އަޅާނުލާ ތިބެއްޖެނަމަ އާޚިރުގައި ލަޑު ލިބޭނީ އެމްޑީޕީއަށް ކަމަށް ހަސަން ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ދެކެ އަންނަ ރުޅި ޕާޓީއަށް އަމާޒުވާން ފަށާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ކޯލިޝަންގެ ސަރުކާރެއް ހިންގުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. ރިޔާސީ ނިޒާމެއްގެ ތެރޭގައި ވެރިކަން ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް ހިކުމަތްތެރި ސިޔާސަތެއް ކަމަށް ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: