ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ޝަކުވާތަކެއް ލިބުމުން އުތީމު ކައުންސިލް ރައީސްއަށް އެލްޖީއޭގެ ސަސްޕެންޝަންއެއް!

އެލްޖީއޭއިން ސަސްޕެންޑު ކުރި އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން ހއ. އުތީމު ކައުންސިލްގެ ރައީސް ވަކި މުއްދަތެއް ނެތް ގޮތަށް އެ އިދާރާއިން ސަސްޕެންޑުކޮށްފި އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑުކޮށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ސަސްޕެންޑުކޮށްފައިވަނީ އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ބައްދަލުވުމެއް ބާއްވާ، އެކަން ބަލާ ނިމެންދެން އޭނާ ސަސްޕެންޑުކުރީ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ. އެލްޖީއޭއިން ރަޝީދަށް ފޮނުވި ސިޓީގައި ވާ ގޮތުން، އޭނާއާއި ގުޅޭ އެގާރަ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީ ނަމަވެސް އެ 10 އަހަރަށް އެގްރިމަންޓު ކުރުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓާ ކުރާ ފަރާތުން ކުލި ދައްކާފައި ނުވީ ނަމަވެސް އެ މައްސަލައިގައި ރަސްމީ އެންގުންތައް ނޭންގުމާއި،  ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައި ވުމެވެ.

މީގެ އިތުރުން ކުނިކަހާ ސާފު ކުރުމުގެ ބޭނުމަށް ކޮންޓެރެކްޓު އުސޫލުން ބަޔަކު ނެގުމުގައި އިންޓަވިއު ނުކުރުމާއި، ވަޒީފާއަށް އިއުލާނ ކުރުމަށްފަހު ކައުންސިލުން ބޭނުން މީހަކު އެ މަގާމަށް ނެގުން ހިމެނެއެވެ. އަދި ކައުންސިލަށް ހޯދާ ތަކެތި ގަތުމުގައި ބިޒް ޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވާ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަބްދުﷲ ރަޝީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ދެން ހިމެނެނީ، ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުމުގެ މައްސަލައެކެވެ. އަދިކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާއި ޒިންމާ އަދާ ކުރުމުގައި މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް އޭނާ ފުރިހަމަ ނުކުރާކަމަށް ބުނެފައިވެއެވެ.

ކައުންސިލަށް ލިބޭ ފައިސާތަކުގެ ހިސާބާއި، އެ ރިކޯޑުތައް ބަލަހައްޓާފައި ނެތުމުގެ އިތުރުން އިދާރީ ބައެއް މައްސަލަތަކެއް ވަނީ ހުށަހަޅާފައެވެ.

މި ހުރިހާ މައްސަލައަކާއި ގުޅިގެން އެލްޖީއޭއިން ވަނީ މި މަހުގެ24 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވުމުގެ ފުރުސަތު އޭނާއަށް ދީފައެވެ. ސަސްޕެންޑު ކުރި އަބްދުﷲ ރަޝީދަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ބޭފުޅެކެވެ.

މި މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީރައްޔިތުން އިންތިހާބުކޮއްފައި ވާ ކައުސިލަރެއް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރުމަކީ މާޒީ އަލުން އިޔާދަވުން ކަމަށެވެ. މުހުތާޒް ވަނީ، ކައުންސިލަރެއް ސަސްޕެންޑު ކުރުމަށް ބާރުލިބިދޭ އެއްވެސް ގާނޫނީ މާއްދާއެއް ސިޓީގައި ހިމަނާފައި ވެސް ނެތް ކަމަށެވެ. އަދި މި ސިޓީ އުތީމު ކައުންސިލްގެ ރައީސްއަށް ފޮނުވާފައިވަނީ ރަސްމީ ބަންދު ދުވަހެއްގައި ކަން ވެސް މުހުތާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މުހުތާޒް ވިދާޅުވީ ކައުންސިލަރުންނަށް ވެސް ބޭނުންހާ ގޮތަކަށް މަސައްކަތް ކުރުމުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައްސަލައެއް ފެންމަތިވުމުން ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނީ ނިޒާމުތަކުގެ ތެރޭގައި އެކަށައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން މުހުތާޒް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މުހުތާޒް ވިދާޅުވީ ކުރިން ކައުންސިލަރުން ސަސްޕެންޑު ކުރަމުން އައި އުސޫލު ހައިކޯޓުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަށް ވެސް އެލްޖީއޭގެ ނިންމުން ފެތޭކަމަށް ބުނެވެން ނެތް ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: