ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކޮމްގެ ވިސްނުން ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ އެޖެންޓެއް ރަށްރަށުގައި ބެހެއްޓުމަށް!

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރަށު ކައުންސިލްއަކަށް ފާރަވެރިވާނެ އެޖެންޓެއް އެ ރަށްރަށުގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންފޮމޭޝަން ކޮމިޝަނާސް އޮފީސް (އައިކޮމް) ގެ ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތަކާއި ގުޅޭގޮތުން، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިޔާޒް ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ބާރުގެ ދަށުން، އެ މައުލޫމާތުތައް އިތުރަށް ހާމަ ކުރުމަށް ދައުލަތުގެ އިދާރާތަކަށް ފަރާވެރިވާނެ އިތުރު ނިޒާމެއް ގާއިމް ކުރުން މުހިންމު ކަމަށެވެ. ބަޖެޓުގައި އައިކޮމްގެ މަސައްކަތްތަކަށް ހިމަނާފައިވާ ކަންތަކާއި ގުޅޭގޮތުން ފިޔާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުން މުހިންމު ކަމަށެވެ. އަދި އެއާއި އެކު ކައުންސިލްތައް ޒިންމާދާރުކަމާއި އެކު ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތުތައް ވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އައިކޮމްއިން އަންނަ އަހަރަށް ރާވާފައިވާ ގޮތުގެ މަތީން، ކައުންސުލްތަކުން މައުލޫމާތުތައް ހޯދުމަށް ކޮންމެ ރަށެއްގައި އައިކޮމްގެ ހާއްސަ އެޖެންޓެއް ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފިޔާޒް ވިދާޅުވީ ގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި އާރުޓީއައި އެކްޓިވިސްޓުން ބެހެއްޓުމަށް ތަމްރީން ޕްރޮގްރާމް ފަށާނެއެވެ. ބައިވެރިވުމަށް މިހާރުވެސް ހުޅުވާލާފައިވާ އެ ޕްރޮގްރާމުގައި 50 މީހަކު މިހާތަނަށް ބައިވެރިވާން ހުށަހަޅާފައިވާ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ އައިކޮމްގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް ތަމްރީނުތައް ފޯރުކޮށްދީ އެޖެންޓުންތައް ކަނޑައެޅުން ކަމަށެވެ. މީގެ ސަބަބުން ކައުންސިލްތަކުގެ ތެރޭގައި ކޮރަޕްޝަނަށް އޮންނަ މަގު ބަންދުވެ، އެފަދަ މައްސަލަތައް މަދުވާނެ ކަމަށް ވެސް ފިޔާޒް ފާހަގަ ކުރެއްވިއެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްފައި ވީ ނަމަވެސް، މަސްއޫލިއްޔަތުތައް ދޫކޮށް އެހެން ކަންކަމާއިގެން ކައުންސިލަރުން އުޅޭ މަންޒަރު ވެސް ފެންނަ ކަމަށް ފިޔާޒް ވިދާޅުވިއެވެ. އެހެން ކަމުން ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް ވަރަށް ގިނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަޖެޓުގައި އައިކޮމްއަށް ހިމަނާފައިވަނީ 04 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީގައި ދެއްކެވި ވާހަކަތަކުގެ ތެރެއިން ފިޔާޒް ވަނީ، އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓު ބޮޑުކޮށްދިނުމަށް ވެސް އެދިފައެވެ. ފިޔާޒް ވިދާޅުވީ އައިކޮމްއަކީ ދައުލަތުގެ މުވައްސަސާއެއްކަމުން ކޮމިޝަނުން ކޮންމެހެން ވެސް އަދާކުރަން ޖެހޭ ޒިންމާތަކެއް ވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: