ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ކައުންސިލަރުން ސަސްޕެންޑުކުރަނީ ސަރުކާރު ފެއިލްވުމުން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ކައުންސިލަރުން ސަސްޕެންޑު ކުރަނީ ސަރުކާރު ފެއިލްވުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމްއަށްށ ނިސްބަތްވާ ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑު ކުރުމަކީ ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓުން މިގޮތަށް ސަސްޕެންޑުކޮށް، ބިރު ދައްކައިގެން ކައުންސިލު އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ މި ސަރުކާރު ފެއިލްވެ، ތާއީދު ނެތުމުން ކަމަށެވެ.

އަދި މިކަންތައް ކުއްވެރި ކުރާކަމައްވެސް ސުޖާއު ވިދާޅުވިއެވެ.

އެލްޖީއޭ އިން އަބްދުﷲ ރަޝީދު ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށެވެ. އޭނާ ސަސްޕެންޑުކުރީ އެ އޮތޯރިޓީ އަށް ހުށަހެޅިފައިވާ 11 މައްސަލަ ބަލައި ނިމެންދެންނެވެ.

އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް މުވައްޒަފުން ނެގުމާއި، މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަންކަން ކޮށްފައިވުމާއި، ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނުވުމުގެ މައްސަލަ ހިމެނެއެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: