ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަމަޖިލީހުގެ “ހައުސް ޑެޕިއުޓީ ލީޑަރު”ގެ ރައްދު މަލީހަށް: ސައިޒު އޮޅިވަޑައިގެން ނޫޅުއްވާ، ތިޔައީ ވަރަށް ކުޑަ ބޭފުޅެއް!

އަނދުން ހުސައިން އަދި މިނިސްޓަރ މަލީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ފުރުސަތު ނުދެއްވާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ” ހައުސް ޑެޕިއުޓީ ލީޑަރ” ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސެއިން ޝަހީމް (އަނދުން ހުސެއިން) މަލީހަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވަމުން ގެންދަވާ އަނދުން ހުސައިން މަލީހު ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަލީހުއަކީ އުޑަފައިން އިށީންނެވުމުން ބިމުގައި ނުޖެހޭ ވަރަށް ކުޑަ ބޭފުޅެއް ކަމަށެވެ.

” މަނިކުފާނު އުޑަފައިން އިންނެވީމައި ބިމުގައި ނުޖެހޭ!، މަނިކުފާނަކީ ވަރަށް ކުޑަ ބޭފުޅެއް، ހުދު މަނިކާފާނަށް މިނިސްޓަރަކަށް ރުހުން ދިނުމާއި، އިތުބާރު ނެތްކަން ނިންމާ މަޖިލީހުން ނެއްޓިވަޑައިގަންނަވަން ދަތިފުޅުވެ، މިހާރު ހޮޑުފުޅަށް ތާއްޔާވެ، މިހާރު އޯކަށް ދެމެވޭ އަޑުފުޅު މިއިވެނީ!”

މި ޓްވީޓާއި ގުޅިގެން ސަންގަށް މައުލޫމާތު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ، މަލީހު އުޅުއްވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް ސައިޒު އޮޅިވަޑައިގެންކަމަށެވެ. އެގޮތުން މަލީހުގެ ވަޒީރުކަމުގެ ދަށުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް މަޖިލީހަށް ފާޑު ކިޔާތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި، މަޖިލީހާ އަޅާބަލާއިރު މަލީހަކީ ކުޑަ ބޭފުޅެއްކަމަށެވެ.

އަދި މިހާރުވެސް މިނިސްޓަރ މަލީހާއި ގުޅުން އޮތް ގޯއްޗެއްގެތެރެއަށް ޤަވާއިދާ ޚިލާފަށް އަމިއްލަފުޅަށް ބިން އިތުރުކުރެއްވި މައްސަލައެއް މަޖިލީހުން ބަލަމުންދާކަމަށާއި، މިފަދަ ބޭފުޅުން މަޖިލީހަށް ފާޑު ވިދާޅުވާން ފުރުސަތު ދީގެން ނުހުންނާނެކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އަނދުން ހުސައިން ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަދުން ހުސޭން މެންނަށް ހީވަނީ ކުޑަ ވަގުތީ ބާރެއް ލިބުނީމަ ބޭނުން ގޮތެއް ހަދާނަމޭ، ކަލޭ އަށް ތި ގޮނޑި ގަނޑުވެސް ދިނީ ރައްޔިތުން ވޯޓު ލައިގެން، ހީވަނީ މާ މަތީ ހައިވާނެއް ހެން، މަރުން ސަލާމަތްވާނެ އެކަކުވެސް ނެތް، އެކަނި އެދުވަހު އޮންނާނީ ކަލޭ ޕާޓީ މީހުންވެސް އާއިލާ މީހުންވެސް ނުފެނި، ނިކަން ނަމާދު ކޮށްގެން الله މަތިން ހަނދުމަ ކޮށްބަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: