ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު ލ. ގަމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ ރޭމަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ގަމު، މުކުރިމަގު އަވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މީހަކަށެވެ.

އޭނާ މަރުވެފައި ވަނީ އިތުރުފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު މިއެކްސިޑެންޓް ހިނގާފައިވަނީ ގަން މުކުރިމަގު، ލިންކް ރޯޑް ސަރަޙައްދުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: