ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފާނެ، އިގްތިސާދަށް އަސަރުކުރާނެ: ގަވަރުނަރު

ވަން ފޮޓޯ: މުހައްމަދު ހައްޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔެއިން ފިލާފައިނުވާއިރު، ބައެއް ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަކީ އަދިވެސް އެކަށީގެންވާކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ ހަތްވަނަ ބައްދަލުވުމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ހާޝިމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާފައިވާ ބަޖެޓަށް އެމްއެމްއޭއިން ލަފާ އަރުވަމުން ދާނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެތިން ބަޔަކީ، އާމްދަނީ، ހަރަދު އަދި ފައިނޭންސިންގެ ބައިތައްކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ، 2021 ވަނަ އަހަރުގެވެސް އާމްދަނީގެ ބޮޑުބައެއް ބަރޯސާވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އެއްޗަކަށް ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވެދާނެކަމުގެ ބިރު މިހާރުވެސް އެބައޮތްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ބަލީގެ ހާލަތު ގައުމުތަކުގައި ބަދަލުވަމުންދާ މިންވަރަށް ބަލައި، ބައެއް ގައުމުތަކުން ބޯޑަރު ބަންދުކޮށްފާނެކަމަށް ބެލެވޭ ކަމަށެވެ. ނުވަތަ ވެކްސިނެއް ލިބުމަށްފަހުވެސް ވެކްސިން ނަގާ މީހުންގެ އަދަދު ދަށްވެއްޖެކަމުގައިވާނަމަވެސް، ފަތުރުވެރިކަމަށް އަސަރުކޮށް ލިބޭ އާމްދަނީއަށް ބުރޫ އަރާނެ ކަމަށެވެ.

ބަޖެޓު ރާވާފައިވާއިރު ބަލާފައިވަނީ މީޑިއަމް ކޭސް ސިނާރިއޯއަކަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ބެސްޓް ކޭސް ސިނާރިއޯއަކަށް އުންމީދުކޮށްގެން ނުވާނެކަމަށާއި، ދިމާވާ ކަންކަމުން ބޯޑަރު ބަންދުކުރުން ފަދަ ފިޔަވަޅުތައް އެހެން ގައުމުތަކުންވެސް އަޅާފާނެކަމަށް ބެލެވޭކަމަށްް ވިދާޅުވިއެވެ. އެހިސާބުން އެދިޔައީ ވަރސްޓް ކޭސް ސިނާރިއޯއަކަށް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް އެހިސާބުން ‘ޓޭކް އޮފް” ކޮށްފާނެކަމަށް ގަވަރުނަރު ލަފާކުރެއްވިއެވެ.

2021 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ އާކަންކަމުގެ ސަބަބުން 1.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާކަމަށް ހާޝިމް ވިދާޅުވިއެވެ. އެގޮތުން، ޓެލެކޮމް އޮޕަރޭޓިން ފްރިކެއުންސީ ސްޕެކްޓްރަމް ޗާޖް، ރިއަލް އެސްޓޭޓް ޓުއަރިޒްމް ދާއިރާއިން ޗާޖް އަދި އެއާ ވޭވް ފްރިކުއެންސީ ބޭނުންކުރުމަށް ފީއެއް ނެގުމަށް ކަނޑައަޅާފައިވާކަމަށް ހާޝިމް ވިދާޅުވިއެވެ. އެހެންނަމަވެސް، މިފަދަ ޗާޖްތަކާއި ފީތަކުގެ ސަބަބަުން އިންފްލޭޝަނަށް އަސަރުކޮށް އިންފްލޭޝަން ރޭޓް މައްޗަށް ގޮސްދާނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ 2020 ވަނަ އަހަރު ނިމެމުންދާއިރުވެސް ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިނުވުންކަމަށްް ވިދާޅުވިއެވެ. މިއީ ސަރުކާރުން ގެންގުޅުން ސިޔާސަތުތަކުގެ ތެރެއިން ޓެެލެކޮމިޔުނިކޭޝަން ދާއިރާއިން ބޭންޑްވިތް އިތުރުކޮށްދީ، ކަރަންޓު އަދި ފެން ބިލުތަކުްނ ޑިސްކައުންޓް ދިނުން ފަދަ ކަންކަމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް، ކޮންޖެސްޝަން ފީއެއްގެ ގޮތުގައި 36.6 މިލިއަން ރުފިޠާ ލިބޭނެކަމަށް އަންދާޒާާކޮށްފައިވާ ކަމަށާއި މިއީ ސީދާ ރައްޔިތުންގެ އިޖްތިމާއީ ހާލަތު ބަދަލުކުރުމަށް ނެގޭ ފީއެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. 2021 ވަނަ އަހަރުވެސް ސަބްސިޑީގެ ގޮތުގައި ދިނުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ހާޝިމް ވިދާޅުވީ ސަބްސިޑީ ލިބެމުންދަނީ އެންމެ ހައްގުވެރި ފަރާތްތަަކަށްތޯ ކަށަވަރު ކުރުމަށް މިހާރަށްވުރެ ހަރުދަނާ ނިޒާމަކާއި އުސޫލުތައް ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުން ސްމާޓް ސިސްޓަމްތައް ގެނައުމަށް މިހާރަށްވުރެ އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، މިފަދަ ސިސްޓަމްތައް އައުމުން ފަސޭހަވެގެންދާނެ ކަމަށާއި ހިލޭ އެހީ، އެލިބެންޖެހޭ ބަޔަކަށް ދިނުމުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ހާޝިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: