ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ދަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކު ވެސް ކަސްޓަމްސްއިން އާންމުކުރާ ތަފާސްހިސާބްތަކުގެ ތެރެއިން މިދި މަހުގެ ތަފާސް ހިސާބްތަކުން ދައްކާ ގޮތުގައި ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 51 އިންސައްތަ ވަނީ ދަށްވެފައެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 2.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މީގެއިތުރުން، ފާއިތުވި އޮކްޓޯބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 41 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު 295 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 174 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ޗައިނާއެވެ. އޮމާން އިން 287 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ވޭތުވެދިޔަ އޮކްޓޯބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: