ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރައްޔިތުން މަގޫފަތް ކާން ނުޖެހުނީ އެކުވެރި ގައުމުތަކުން ދަރަނި ނެގީމަ: މަވޯޓާ ޝަރީފް

މަރަދޫ ދާއިރަގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން މަގޫފަތް ކައިގެން އުޅޭ ދުވަހެއް ބަލަން ބޭނުންނުވާ ކަމަށާއި މިއަދު ދިވެހި ރައްޔިތުން މަގޫފަތް ކާން ނުޖެހުނީ ދަރަނި ނެގުމުގެ ސަބަބުންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ބަޖެޓުގެ ބަހުސް މިއަދު ފަށާފައިވާއިރު، ބަޖެޓަށް އެންމެ ފުރަތަމަ ބަހުސްކުރެއްވި މެމްބަރަކީ މެމްބަރު ޝަރީފެވެ. ޝަރީފް ވަނީ ބަޖެޓަށް ތާއީދުކުރައްވައި އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، މިދަތި ހާލުގައި އަދި އެހާމެ ފިއްތުންތަކާއެކުވެސް އެކުވެރި ގައުމުތަކަށާއި މާލީ އިދާރީތަކަށް ސަލާން ޖަހައިގެންނަމަވެސް ރައްޔިތުން ބަނޑަށް ޖައްސާފައިނުވާ ކަމަށެވެ. މީގެ ކުރިން ދިވެހި ރައްޔިތުން މަގޫފަތް ކައިގެން އުޅުނުގޮތަށް، މިހާލަތުގައި މަގޫފަތް ކާން ނުޖެހުނީ އެކުވެރި ގައުމުތަކުން ދަރަނި ނަގައިގެން ވިޔަސް ރައްޔިތުން ބަނޑަށް ނުޖައްސާ ގެންގުޅުނީމަކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއަހަރުވެސް ބަޖެޓަށް ބޭނުންވި ފައިސާ ހޯދި ގޮތަށް އަންނަ އަހަރުވެސް ހޯދާނެކަމަށް ވިދާޅުވިއެވެ.

ވެރިކަމުގައި އޮތީ ވަރަށް ހިތްވަރުގަދަ ސަރުކާރެއް ކަމަށާއި މިފަދަ ކަންކަމާއި ކުރިމަތިލާން ކެރުނީތީ ސާބަސް ރައްދުކުރައްވާކަމަށް ވިދާޅުވިއެވެ. ޑޮލަރުގެ އަގުވެސް މައްޗަށް ހިނގައިދާނެ ކަމަށާއި، 10 ނުވަތަ 12 މިލިއަން ރުފިޔާ ޗާޕްވެސް ކުރަންޖެހިދާނެކަމަސް ވިދާޅުވިއެވެ. 22 ނުވަތަ 23 ރުފިޔާއަށް ޑޮލަރުގެ އަގުވެސް އަރައިގެން ހިނގައިދާނެ ކަމަށާއި އިންފްލޭޝަން 7 އިންސައްތައަށްވެސް އަރައިިގެންދިޔުމަކީވެސް ވެދާނެގޮތެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިފަދަ ކަންކަމަށްތައްޔާރަށް ތިބެންޖެހޭކަމަށް ވިދާޅުވިއެވެ.

އަތްދޯއި. އަހަންނަކަށް ނުވާނޭ ކިޔާފައި މިނިސްޓަރ އަމީރު ދިޔައީކީ ނޫން! އާންދޮންގޭ! 15 ބިލިއަން ވިޔަސް ހޯދާނަމޭ ވިދާޅުވެފަ މަގާމުގައި ހުންނެވީ މިހުރިހާ ކަމަކާއި ކުރިމަތިލައިގެން

މިއީ ދަރަނި ބޮޑު ބަޖެޓެއްކަން ސާފުކަމަށާއި އުންމީދުކޮށްގެން މިތިބީ ވެކްސިންތައް ތައާރަފްކުރުމާއެކީ ފަތުރުވެރިން މިގައުމަށް އައިސް ގައުމު ފުރާލުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް، އަންދާޒާކޮށްފައިވާވަރަށް 6 ލައްކަ ޓުއަރިސްޓުން ނައިސްވެސް ދާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ކަންކަން ރަނގަޅުވާން ފަށައިފިނަމަ ބަޖެޓް ޑެފިސިޓް ނުވެދާނެކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓް ޑެފިސިޓްވި ކަމުގައިވިޔަސް، ރައްޔިތުން ބަނޑަށް ޖެހިގެން ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާލަތަށް ދިޔައިރުވެސް މަގޫފަތް ކާންޖެހޭ ހިސާބަށް ނުދިޔައީ އެކުވެރި ގައުމުތަކުންނާއި އިދާރާތަކުން ދަރަނި ނެގުމުން ކަމަށާއި ދިވެހި ރައްޔިތުން މަގޫފަތް ކާތަން ބަލަން ކެތްނުވާނެ ކަމަށް ވިދާޅުވިއެވެ. ކާޑުގެ ބާވްތައް ލިބެންވާނެ ކަމަށާއި އާސަންދައިން ކެނޑިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކަރަންޓާއި ބޯފެން ލިބި ރައްޔިތުންގެ މުސާރަ ބަރާބަރަށްދެވެން ވާނެކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބަޖެޓުން ބޮޑު އުންމީދެއް ލިބޭޭ މައިގަނޑު ސަބަބަކީ ރިކަވަރީއަށް ވިސްނާފައިވާތީ ކަމަށެވެ. 2021 ވަނަ އަހަރުގެ ބަޖެޓަކީ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ވަރުގަދަ ޕްލޭނެއްކަމަށާއި ބަޖެޓަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: