ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ޔައުގޫބުގެ ގޮނޑިއެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ހަމަޖެއްސުމަކީ ޔަގޫބުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ސަބަބެއް ނޫން ކަމަށް ކަނޑައަޅައި މެމްބަރު ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ޔައުގޫބާއި ދެކޮޅަށް ހުށަހެޅި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ހުސްނުއްސުއޫދުއާއި އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ. ފަސް ފަނޑިޔާރުން ވެސް މި ނިންމެވުމަށް އިއްތިފާގުވެ ވަޑައިގަތެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.

ހަލީމާއި އައްސަދު ވަނީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބު ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވު ހުކުމުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާފަދަ ދައުލަތުގެ މުއައްސަސާއެއް ނޫނެނެވެ. އަދި އެ ކައުންސިލްގެ މެބްރުކަން ޔައުގޫބު ކުރެއްވުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ސަބަބެއް ނޫން ކަމަށާއި އެ ކައުންސިލްގެ މެމްވަރެއްގެ ގޮތުގައި ޔައުގޫބު ހުންނެވުމަށް ވެސް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި ގެއްލޭނެ ގޮތްތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. އެހެން ކަމުން ހަލީމްއާއި އައްސަދު އެދިވަޑައިގެންނެވި ގޮތަށް ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ އެކަން ގާނޫނާއި ހިލާފުވާނެ ކަމެއް ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެކަން ވާނީ އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ކަންކަމަށްވުރެ އިތުރަށް އުނި އިތުރު ގެނައުން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ހުކުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި އެ ކަމެއް ކުރުމަށް އަދަބެއް ކަނޑައަޅާފައި ނުވާނަމަ އެ ކަމަށް ސުޕްރީމް ކޯޓަށް ވެސް އަދަބެއް ކަނޑައެއް ނޭޅޭނެ ކަމަށާއި އެފަދަ ކަމެއް ކަނޑައަޅައިފިނަމަ އެ ކަންކަން ވާނީ ގާނޫނު އަސާސީއަށް ކޯޓުން އުނިއިތުރު ގެނައުން ކަމަށެވެ.. ހުމުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީ މާނަ ކުރުމުގައި ވެސް އެ ގާނޫނުގައި ބުނެފައިވާ އެއްޗަކަށް އުނި އިތުރެއް ގެނައުމުގެ ބާރަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫނެވެ. އެގޮތުން ކޯޓުތަކުން ވެސް ގާނޫނުއަސާސީ މާނަ ކުރަންޖެހޭނީ ގާނޫނުއަސާސީގެ އިމުގެތެރޭގައިކަން ހުކުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން ޗާޓަޑް އެކައުންޓެންޓުންގެ އިސްޓިޓިއުޝަންގެ ކައުންސިލްގައި ޔައުގޫބު އަދާކުރެއްވި ވަޒީފާއަކީ ދައުލަތުގެ ވަޒީފާއެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި އެއީ މަނާ ވަޒީފާއެއް ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި ކަމަށް ހުރިހާ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: