ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާދިރާގެ ސުވާލެއް: ދަރުމަަވަންތަ ހޮސްޕިޓަލްގެ ކޮރަޕްޝަންތަށް ބަލާނިމި ރަހުނު ކުރަނީތަ?

ޝެއާރކޮށްލާ ކަހަލަދޯ؟

ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާ ގުޅިގެން އެ ހޮސްޕިޓަލް ރަހުނު ކުރަނީ ހޮސްޕިޓަލްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ނިންމާފަތޯ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ސުވާލު އުފައްދައިފިއެވެ.

ނާދިރާ މިފަދައިން ވިދާޅުވެފައިމިވަނީ ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އަދި މި ސިޓީގެ ކޮޕީއެއް ވަނީ “ސަންގު” އަށް ލިބިފައެވެ.

އަމީރުގެ އެ ސިޓީގައި ބުނެފައިވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް
ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް
ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ކުރަމުން ދާ ކަމަށެވެ.

މިކަމާއި ގުޅިގެންނ ނާދިރާ ކުރެއްވި ޓުވީޓެއްގައި  ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަނީ ކޮރަޕްޝަންތައް ބަލާ ނިންމާފަތޯ ސުވާލު އުފައްދާފައެވެ.

އަދި އެ ޓުވީޓުގައި ބުނެފައިވަނީ ވައްކަމެއް ނުބެލުނު ކަމަށާއި ކޮރަޕްޝަން އަށްވެސްސ ފަސްއެޅިފުރުވެނީ ކަމަށެވެ.

ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުން ތަރައްގީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް މިހާރުގެ ސަރުކާރުންވަނީ މީގެކުރިން ތުހުމަތު ކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރުމަށް ނިންމިއިރު މަޖިލީހަށް ވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ވެސް ހުށަހަޅާފައެވެ. ކޮވިޑާއި އެކު ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާއިރު ލޯނުތައް ނުނެގުނަށް ވޯލްޑް ބޭންކުން ވެސް ވަނީ ލަފާ ދީފައެވެ. އޭގެ އިތުރުން ދާދި ފަހުން ފިޗްއިން ވެސް ވަނީ ރާއްޖޭގެ ދަރަނިތައް އިތުރުވަމުން އަންނާތީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނީގެ އަދަދު 74  ބިލިއަންއަށް އަރާނެއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: