ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީންގެ ވެރިކަން ވެއްޓިގެންދިޔަ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން” ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަން ވެއްޓިގެންދިޔަ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ މަސްވެރިން ރުޅި އަރުވާފައި، މަސްވެރިން ހިތްހަމަނުޖެހޭ ގޮތަށް ކަންތައް ކޮށްފައި ވެރިކަމަށް އަންނަން އުދަގޫވާނެކަަށެވެ.

“ރައީސް ޔާމީންގެ ވެރިކަން ވެއްޓިގެންދިޔަ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން” ތޯރިގު ވިދާޅުވިއެވެ.

އަދި މި ސަރުކާރުގައި ކަންކަން ކުރަމުންދާ ގޮތުން  މަސްވެރިކަމުގެ ސިނާއަތުން ނުސީދާ ގޮތެއްގައި 80،000 މީހުންނަށް ފައިދާ ލިބޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.

އިތުރަށްށ ތޯރިގު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ބަޖެޓުގައި މޮޅެތި އަދަދުތައް ޖެހި ނަމަވެސް އެކަންކަން ނުވާނެކަމަށާއި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: