ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަންނަމާރި އެރުމާއި ރާއްޖެ އިސްލާމްވުން! ކިހާވަރެއްގެ ޙަޤީޤަތެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ގާތްގަނޑަކަށް 800 އަހަރަށްވުރެ ކުރިން ދިވެހިރާއްޖެ އިސްލާމްވިއިރު އޭރު ރާއްޖޭގައި އޮތީ ރަސްކަމެވެ. ރައްކަމުގެ ތަޙްތުގައި އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމަށްފަހު ރަސްގެފާނުގެ ނަންފުޅު، މުޙައްމަދު ބުނު ޢަބްދުﷲ ސިރީ ބަވަނަ އާދީއްތިޔަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނަށްް ބަދަލުކުރެވުނެވެ.

ރާއްޖެ އިސްލާމްވި ދުވަހޭބުނުމުން މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންގެ ހިތަށް އެންމެ ފުރަތަމަ އަންނަ ވާހަކައަކަށް “ރަންނަމާރި” ވާހަކަ ވާނެކަން ގައިމެވެ. ރަންނަމާރި ވާހަކައަކީ ރާއްޖެ އިސްލާމްވި ހާދިސާއެއްގެ ގޮތުގައި އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ވަރަށް މަޤުބޫލުކޮށް ދެކެވުނު ވާހަކައެކެވެ. އަދި އެއްޒަމާނެއްގައި މި ވާހަކައަކީ ހަމަ ތެދު ޙަޤީޤަތްކަމާއި އެއީ ހަމަ އަސްލަށްވެސް ރާއްޖެ އިސްލާމްވީ ހާދިސާކަން ޤަބޫލުުކުރި މީހުން މަދެއް ނޫނެވެ. ނަމަވެސް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން މިއަދު އެއްބަސްވެލައްވާ ގޮތުގައި ރާއްޖެ އިސްލާމްވި ހާދިސާއާއި ގުޅުވައިގެން ދައްކާ ރަންނަމާރި ވާހަކައަކީ އޭގައި އެއްވެސް ހަގީގަތެއްނެތް ހިޔާލީ ވާހަކައެކެވެ.

ރާއްޖެއަކީ މީގެ އެތަށް ސަތޭކަ އަހަރުތަކެއް ކުރިން މީހުން ދިރިއުޅެމުން އައި ތަނެކެވެ. ޖާހިލުކަމާއި ޝިރުކުގެ ނުބައިކަމުގެ ތެރޭގައި ދިވެހިރާއްޖެ އޭރު އޮތްއިރު ރާއްޖޭގައި އޮތީވެސް އިސްލާމްދީނެއް ނޫނެކެވެ. ތަފާތު އެކި ދީންތައްކަމުގައިވެސް ބުނެވެއެވެ. ރަންނަމާރި ވާހަކަ ތުންތުންމަތިން ދެކެވެމުން އައިގޮތަށް ބަލާއިރު، މިދެންނެވި، ދިވެހީން ބުދު ދީނަށް އަޅުކަންކުރި ޒަމާނު، މާލޭގެ ވަރުނުލާ ރާޅުގަނޑާއި ދިމާގައި ހުންނަ ބުދުފަށްޅިއަށް ކޮންމެ ހަނދުމަހެއްގެ 15 ވަނަ ދުވަހު ރަންނަމާރި އަރާކަމަށްވެއެވެ. އަދި އެ ރެއަކު ގުރުއަތުން ހޮވޭ އަންހެންކުއްޖެއް ނަލަ ހެއްދުމަށްފަހު އެ ބުދުފައްޅިއަށް ގެންދަންޖެހެއެވެ. ފަތިސްވުމުން މީހުން ބުދުފައްޅިއަށް ދާއިރު އަންހެންކުއްޖާ އޮންނަނީ އިއްފަތްތެރިކަން ނަގާލައި، މަރާލާފައެވެ. ބައެއް ހަަދިސާތަކުގައި ބުނެފައިވާ ގޮތުން މި ރަންނަމާރީގެ ސިފައިގައި އަރަނީ، އޭރު ރަސްކަމުގައި ހުންނެވި ބޭފުޅާއެވެ. ކޮންމެ ހަނދުމަހެއްގެ 15 ވަނަ ވިލޭރޭ އަންނައިރު އަންހެންދަރިން ތިބޭ މައިންނާއި އަދި އެ މައިންގެ އަންހެންދަރިން ތިބެނީ ބިރުވެރިކަމެެއްގައެވެ. އެއީ ރަންނަމާރިއަށް ވެދުންކުރަން ޖެހޭ އަންހެންދަރިއަށް ވެދާނެތީ އޮންނަ ބިރުވެރިކަމެއް ކަމުގައިވެއެވެ.

ކޮންމެއަކަސް މިވާހަކަ ތަފާތު އެކި ގޮތްތޮތަށް ދެކެވެއެވެ. ނަމަވެސް ތާރީޚް ލިޔުއްވާ ބޭފުޅުން އެއްބަސްވެލައްވާ ގޮތުގައި މިވާހަކައަކީ ފުލޯކު ވާހަކައެކެވެ. ނަމަވެސް ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގެ މަގަށް އަޅުވައިދެއްވީ މަޣްރިބްކަރައިގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށްވެސް ތާރީޚް ދިރާސާކުރައްވާ ބޭފުޅުން އެއްބަސްވެލައްވައެވެ.

 

ވަރަށް ގަދަ
16%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 58%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރަސްގެފާނުގެ ބޮލުގަ މިފަދަ ބޮޑު އިލްޒާމެއް އެޅުވުން، މިއީ ތާރީހީ ގޮތުން އައިއްސަ އޮތް ވާހަކައެއް ނޫން. މިއީ ދާދިފަހުން ބަޔަކު ސްޕެކިއުލޭޓްކޮށްގެން އުޅޭ ތިއަރީއެއް. އެއްވެސް ހެއްކެއް ނެތި ރަސްގެފާނުގެ ބޮލުގަ މިފަދަ ބޮޑު އިލްޒާމެއް އެޅުވުން އެއީ އިންސާފުބާ؟ ދިވެހިން އިސްލާމްވީ ނުބައި ނުލަފާ ރަސްކަލަކު ކުރި ނުބައި ނުލަފާ ކަމެއް ފޮރުވަން އިސްލާމްވީ ކަމަށް ބުނުމަކީ އެރަސްގެފާނު އިސްލާމްދީން ގަބޫލުކުރިގޮތް ޑީލެޖިޓިމައިޒްކުރަންދައްކާ މަލާމާތުގެ ވާހަކައެއް. އަދި މި ތިއަރީއާ އެންމެ ގަޔާވާނީ ލާދީނީ މީހުން. މަގޭ އެދުމަކީ ޒުވާނުންނޭ، ބަޔަކު ދައްކާހާ ވާހަކައަކަށް ނުހެއްލޭށޭ. ވިސްނާށޭ. އަދި ކުށެއް ކުރި ކަން ޔަގީންނުވާ ހާލުގަ ރަސްގެފާނަކަށްވިޔަސް، ފަގީރަކަށްވިޔަސް، ތިމާ ލޯބިމާ މީހަކަށްވިޔަސް، ތިމާ ނުރުހޭ މީހަކަށްވިޔަސް ހެކި ނެތި ބްލޭމްނުކުރާށޭ. މިއީ ދިވެހިންގެ ތެރޭގަ އޮތްކަމެއް. އެހެން ކަމުން ރަސްގެފާނުގެ ވާހަކަ ބާއްވާފަ އަހަރުމެން އިސްލާހުވުން މާ މުހިއްމު

Leave a Reply to މުހައްމަދު. ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: