ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭ ކުރީ ސަރުކާރަށް ވުރެ ގިނަ ޕްރޮޖެކްޓު އެވޯޑު ކުރި: އަމީރު

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު، ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިޔަށް ނުގެންދެވޭ ވަރަށް ޕީއެސްއައިޕީ މަޝްރޫއުތަކާއި އަދި ނޭޝަނަލް ޓެންޑާރ ބޯޑުން ޕްރޮޖެކްޓުތައް އެވޯޑުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން “ސަންގު ޓީވީ” އިން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ މަސައްކަތަކީ ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒު ކުރުން ކަމަށެވެ. އެގޮތުން މާލީ ސިޔާސަތުތައް ތަންފީޒު ކުރަނީ ސަރުކާރުގެ ހަރަދުތައް އަދި ޓެކްސޭޝަންގެ ނިޒާމްގެ ތެރެއިން އާމްދަނީ އާއި ހަރަދު ހަމަޖެއްސުމާއި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުން އެއީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ދެ އަހަރުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މާލީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އަމީރު ނެންގެވީ ދައުލަތުގެ އިންޓާނަލް އޮޑިޓުގެ ނިޒާމެވެ. އަމީރު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވީއިރު، ސްޓޭޓް އިންޓާނަލް އޮޑިޓު ކޮމިޓީއެއް ވެސް ނޯންނަ ކަމަށެވެ.

“ދެން އޭގެ އިތުރުން އަޅުގަނޑުމެން ދައުލަތުގެ އިންޓާނަލް އޮޑިޓު މެކޭނިޒަމް، ވަރަށް ބޮޑަށް ވީކްވެފައި އޮތީ. އަޅުގަނޑު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރި އެއް މަސައްކަތަކީ ދައުލަތުގެ އިންޓާނަލް އޮޑިޓު މެކޭނިޒަމް ހަރުދަނާ ކުރުމަށްޓަކާ، ސްޓޭޓް އިންޓާނަލް ކޮމިޓީއެއް އެކުލަވާލާ ދެން އޭގެ އިތުރުން ޑިޕާޓެމެންޓު ހަރުދަނާކޮށް އަދި އަޅުގަނޑުމެންގެ މާލީ ނިޒާމުގައި ޖެހޭ އެކި މައްސަލަތައް ބެލުމަށް މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވާލެވި އަދި ބީލަމުގެ ތެރޭގައި ހިނގާ މައްސަލަތައް ބެލުމަށް ވެސް ކޮމިޓީއެއް އެކުލަވާލެވި މަސައްކަތްތައް ކުރެވުނު” އަމީރު

މިނިސްޓަރ އަމީރު ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓު ތަންފީޒު ކުރެވުނީ ވަރަށް ރަނގަޅަށް ކަމަށެވެ. ޕީއެސްއައިޕީގެ ތަފާތު އެކި މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔަ ކަމަށާއި، އަދި ނޭޝަނަލް ޓެންޑާރ ބޯޑު މެދުވެރިކޮށް ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ނުކުރެވުނު މަސައްކަތްތައް ކުރިޔަށް ގެންގޮސް ޕްރޮޖެކްޓުތައް މި ސަރުކާރުން އެވޯޑު ކުރި ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ކޮރަޕްޝަނަށް ހުޅުވިފައި އޮންނަ ދޮރުތައް ބަންދު ކުރުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ކޮވިޑު-19 ތެރެއިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތްތަކަށް އިޝާރާތް ކުރައްވާ އަމީރު ވިދާޅުވީ މިނިސްޓްރީގެ ޑެޑް ޑިވިޝަން އާއި، ފިކްސަލް ޑިވިޝަންގެ މަސައްކަތްތަކުގެ ސަބަބުން ހިލޭ އެހީތަކާއި ކޮންސެސަޝަނަލް ފައިނޭންސް ލިބިގެން ދިޔަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: