ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފިއެވެ.

ރައީސް އޮފީހުން ބުނީ ޗައިނާ އިން ފަސްކޮށްދީފައިވަނީ ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް ކަމަށެވެ.

ކޮވިޑް-19އަ ގުޅިގެން ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިން އެންމެ ބަލިވި ގަޑީގައި ދަރަނި އަނބުރާ ނަގަން އެއްގޮތަކަށް ވެސް ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށެވެ.

އަދި އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފެންނަން އޮތް ގޮތް ކިތަންމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް ބަޖެޓަށް ހުތުރުކަން އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: