ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ ދަންވަރާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން މެދުކަނޑައި ނުލައި، މިރޭ މެންދަމާ ހަމައަށް ބަހުސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ބަހުސްއަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މިއަދު ފުރުޞަތުދީ ނިންމާލުމާއި ހަމައަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 30 މެންބަރުންގެ ވޯޓުންނެވެ.

ބަޖެޓަށް ބަހުސްކުރުމަށް އެދިފައިވާ ހުރިހާ މެންބަރުންނަށް ފުރުޞަތުދީ ބަހުސް މަރުހަލާ މިއަދު ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް އަންނަނީ ބަޖެޓް އޮތްގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވަނީ، 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރިއަލިސްޓިކް ބަޖެޓެއް ނޫން ކަމަށެވެ. އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ބަޖެޓް އޮތީ ހިޔާލީ ފޮލާއެއްގެ މައްޗަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: