ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އިން ފަސްކޮށްދިނީ ސަރުކާރުގެ ލޯނުތައް އެކަނި: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ އިން ފަސްކޮށްދިނީ ސަރުކާރުގެ ލޯނުތައް އެކަނި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، ޗައިނާގެ ލޯނުތައް އިއްޔެ ވަނީ ފަސްކޮށްދީފައެވެ.

އެކަމާ ގުޅިގެން ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ އިން ފަސްކޮށްދީފައި ވަނީ ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ދޫކުރި ލޯނުތައް އެކަނި ކަމަށާއި އަދި އެ ލޯނުތައް ދެއްކުން ފަސްކޮށްދިނީ ހަތް މަހަށް ކަމަށެވެ.

ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ކަށަވަރު ކޮށްދީފައިވާއިރު މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އިއްޔެ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ދަތި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

“.މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،” ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: